ހަބަރު

ހުޅުމާލެ ފަތާ ޓްރެކު ކައިރީ ފާހަނަ ބަރިއެއް ހަދައިފި

Sep 15, 2019
4

ހުޅުމާލޭ ބީޗުގައި އޮންނަ ފަތާ ޓްރެކު ސަރަހައްދުގައި ފާހާނަ ބަރިއެއް ހަދައިފި އެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ރޭ ބުނީ ހުޅުމާލޭ ފަތާ ޓްރެކު ސަރަހައްދުގައި ހަދާފައިވާ ފާހަނަ ބަރިތައް ބޭނުން ކުރަން މިހާރު ހުޅުވާލާފައިވާ ކަމަށާއި އެތަނުގައި އަންހެނުންނާއި ފިރިހެނުން އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ފާހަނާތައް ހުންނާނެ ކަމަށެވެ.

އެޗްޑީސީ އިން ކުރި ޓްވީޓު

އަލަށް ހެދި ފާހަނަ ބަރިތަކުގައި އާންމުންނަށް ފެންވެރޭނެ ވަސީލަތްތައް ވެސް ވަނީ ގާއިމްކޮށްފަ އެވެ. އަދި ދަރިންނަށް ގާތުން ދޭން ބޭނުންވާ މީހުނަށް ހާއްސަ ކޮޓަރިއެއް ވެސް އެޗްޑީސީއިން ހަދާފައި ވެއެވެ.

ހުޅުމާލޭ ބީޗު ސަރަހައްދުގައި ހުރި ރެސްޓޯރަންޓުތަކުގެ ހަޓުތަކާއި ގޮނޑިއާއި މޭޒުތައް ނެގުމަށް ފަހު އެޗްޑީސީން ނިންމާފައި ވަނީ އެތަން ތަރައްގީ ކުރުމަށެވެ.