އޯއައިސީ

އޯއައިސީގެ ބައްދަލުވުމަކަށް ޝާހިދު ޖިއްދާއަށް

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސައުދީ އަރަބިއްޔާގެ ޖިއްދާއަށް ވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ ޝާހިދު ޖިއްދާއަށް ވަޑައިގަތީ އޯއައިސީ ކައުންސިލް އޮފް ފޮރިން މިނިސްޓާސް އެކްސްޓްރާ އޯޑިނަރީ މީޓިންގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ. އެ ބައްދަލުވުން ފަށަނީ މިއަދެވެ.

ޝާހިދު ކުރެއްވި ޓްވީޓު

އެ ބައްދަލުވުމާ ގުޅޭ ގޮތުން ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޯއައިސީގައި ފަލަސްތީންގެ މައްސަލައާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށާއި ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނާ އެކުގައި ކަަމަށެވެ.