އޮފްބީޓް

41 އަހަރު ކުރިން ބަކައްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި

ބަކަރިއެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި އިންޑިއާގެ ޓްރިޕޫރާގައި 58 އަހަރުގެ ފިރިހެނަކު މިދިޔަ ހޮނިހިރު ދުވަހު ހައްޔަރުކޮށްފި އެވެ.

އެންމެ ހެއްވާ ކަމަކީ މި މީހާ މި ބަކަރި ވަގަށް ނެގި ކަމަށް ވަނީ މީގެ 41 އަހަރު ކުރިންނެވެ.

ސައިފަތް ދަނޑެއްގައި މަސައްކަތްކުރާ ބަޗޫ ކޯލް މި ވައްކަން ކުރީ އޭނާގެ ބައްޕަ މޯހަން ކޯލް އާ ގުޅިގެން ކަމަށް އެ ސަރަހައްދުގެ ފުލުހުން ބުނެ އެވެ. އެމީހުންގެ 1978 ވަނަ އަހަރު ވަގަށް ނެގީ ޓްރިޕޫރާގެ ރާނީ ބާޒާރުގައި އޮތް ބަކައްޓެކެވެ. މި މީހާގެ ބައްޕަ ވަނީ މީގެ 18 އަހަރު ކުރިން މަރުވެފަ އެވެ. ބައްޕަ އާއި ދަރި މިހާ ދުވަހު އުޅުނީ ފިލައިގެން ކަމަށް ފުލުހުން ބުންޏެވެ.

"ބަކައްޓެއްގެ އަގު 1978 ގައި ހުރީ 45 ރުޕީސް އަށް. އަދި މިހާރުގެ އަގު އުޅެނީ 3000 ރުޕީސް ގަ،" ފުލުހުން ބުންޏެވެ.