ހަބަރު

ރިލްވާން މައްސަލައިގެ ތަހުގީގަށް މީހަކު ހޯދަނީ

ވަގަށް ނަގައި، މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ ތަހުގީގަށް މީހަކު ހޯދަން މަރު ކޮމިޝަން އިން އަންމުންގެ އެހީތެރިކަމަށް އެދިއްޖެ އެވެ.

މަރު ކޮމިޝަން އިން މިއަދު އާންމު ކުރި ވީޑިއޯގައި ދައްކަނީ މީގެ ކުރިން މާލެއިން ހުޅުމާލެއަށް ދާ ފެރީ ޓާމިނަލެވެ. އަދި ސައިކަލުގައި ފެރީއަށް އަރަން އޮންނަ ކިއޫއެއް ދައްކަ އެވެ.

އެ ކިއުގައި ހުރި މީހަކު ފާހަގަ ކުރުމަށް ފަހު މަރު ކޮމިޝަން އިން ބުނީ ވީޑިއޯއިން ފެންނަ މީހަކީ އެ ކޮމިޝަން އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވާ މީހެއް ކަމަށެވެ. އަދި އޭނާއާބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ އެ ކޮމިޝަން އަށް އެނގުމަށް ވަނީ އެދިފަ އެވެ.

މަރު ކޮމިޝަން އިން ކުރި ޓްވީޓު

އެނގިފައިވާ ގޮތުގައި އެ ވީޑިއޯ އިން ފެންނަ މީހަކީ ރިލްވާންގެ މައްސަލާގައިގެ ތަހުގީގަށް މަރު ކޮމިޝަން އިން ހޯދަމުން އަންނަ މީހެކެވެ.

ރިލްވާންގެ ވަގަށް ނަގާފައި ވަނީ ވެސް ހުޅުމާލޭ ފެރީ ޓާމިނަލް އިން ހުޅުމާލެ ގޮސް އޭނާ ދިރިއުޅޭ ފްލެޓު ކައިރިންނެވެ. ކުރިން ފުލުހުން އާންމު ކުރި ވީޑިއޯތަކުން ވެސް ފެރީ ޓާމިނަލްއާ ހަމައިން ރިލްވާންއަށް ބަޔަކު ފާރަލަމުންދާ ކަން އެނގެ އެވެ.