ކަނޑުމަތީގެ ހާދިސާ

ކަނޑުމަތީގައި ހާލު ދެރަވި މީހަކަށް އެެހީވެއްޖެ

މަހަށް ނުކުމެ އުޅުނު ދޯންޏެއްގައި ހުރި މީހެއްގެ ހާލު ބޮޑުވުމުން ސިފައިން އޭނާއަށް އެހީތެރިކަން ފޯރުކޮށްދީފި އެވެ.

އެމްއެންޑީއެފުން ބުނީ، އުތުރުގެ ހއ. ތުރާކުނު ހުޅަނގު އުތުރުން 63 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަން ކުރަން އުޅުނު އުޅުނު ދޯންޏެއްގައި ހުރި މީހެއްގެ ހާލު ކުއްލިއަަކަށް ބޮޑު ވެގެން ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި އެ ޒުވާނާއަށް އެހީތެރިވުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އެ ހާދިސާގެ އެމްއެންޑީއެފަށް ރިޕޯޓް ކުރީ މިއަދު މެންދުރު 2:44 އެހާކަންހާއިރު އެވެ. ކަނޑުމަތީގައި އެމީހާ ކުއްލިއަކަށް ގައިން ވާގި ދޫވީ އެވެ. އެ ހަބަރު ލިބުމުން ސިފައިން ގޮސް ފާސްޓާ އިންޓަސެޕްޓާ ކްރާފްޓަށް އޭނަ ވަނީ މިހާރު ނަގާފަ އެވެ.