ޕޮލިޓިކްސް

"ސަރުކާރު ހަަލާކު ކޮށްލަން ނުބައި ރޭވުމެއް އެބަ ރާވާ"

ސަރުކާރުގައި ލަސް ކަމެއް އުޅޭހެން ހީވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދެއްކެވީ ސަރުކާރު "ހަލާކު ކުރަން" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މައްޗަންގޯޅިއަށް ނިސްބަތްވާ އަހުމަދިއްޔާ ސުކޫލުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ނަޝީދު މައްޗަންގޮޅީ މެދު ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމުން އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވަނީ ސަރުކާރުގެ ތެރޭގައި ކޮންމެވެސް ވަރަކަށް ލަސް ކަމެއް އުޅޭ ކަމަށް އެމަނިކުފާނަށް ވެސް ހީފުޅު ކުރެއްވޭ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ނަޝީދުގެ އެ ވާހަކަތަކަށް ރައްދު ދެއްވަމުން މަޖިލީހުގައި މިނިވަން މެންބަރެއްގެ ގޮތުގައި ހުންނެވި ނަޝީދު ވިދާޅުވީ، ސަރުކާރުގައި ލަސް ކަމެއް އުޅޭ ކަމަށް ވިދާޅުވެ ސަރުކާރު ހުއްޓުވަން ކޮންމެހެން މަސައްކަތް ކުރައްވާނެ ކަމެއް ނެތް ކަމަށެވެ.

"މި ސަރުކާރު ހަލާ ކުކުރަން ނުބައި ހުރިހާ ރޭވުމެއް ރާވަނީ ރައީސް ނަޝީދު. މާ ހެޔޮ އެދޭ މީހެއް ކަމަށް މީޑިއާއަށް ދެއްކިގެން އުޅުނަސް ތިޔައީ އަޑި ނުބައި، ވެރިކަން ބޭނުން ވެގެން އުޅޭ މީހެއް!" ރައީސް ނަޝީދަށް އަމާޒުކޮށް މެންބަރު ނަޝީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ރައީސް ނަޝީދުގެ ވިސްނުން މިހާރު އެންމެންނަށް ވެސް އެނގޭ ކަމަށެވެ.

ސަރުކާރުގައި ލަސްކަމެއް އުޅޭ ކަމަށް އިޝާފާތް ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެހެން ދިމާވުމުގައި "ކަން ނެތް" ކަމާ، "ފަރުވާ ކުޑަ" ވުންވެސް ހިމެނޭ ކަމަށެވެ. އަދި ސަރުކާރުގެ ދުވެލި ހަލުއިވާނެ ބައެއް ސަބަބުތައް ވެސް އެ މަނިކުފާނު އެރޭ ވިދާޅުވި އެވެ.

"އުއްމީދު ކޮށްގެން މިހުންނަނީ ކުރިޔަށް އޮތް މަސްތަކުގައި ތަންކޮޅެއް ދެން [ސަރުކާރުގެ] ދުވެލި ބާރުވާނެ ކަމަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވެލި މަޑުކަމަށް އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނިކޮށް، ސަރުކާރުގައި ލަސް ކަމެއް އުޅޭހެން ހީވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވަނީ މީގެ ކުރިން އެތައް ފަހަރެއްގެ މަތިން ތަކުރާރުކޮށް ސަރުކާރުގެ ދުވެލި ރަނގަޅު ކަމަށް ވިދާޅުވަމުން ގެންދިއުމަށް ފަހު އެވެ.