އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން ދުނިޔެ ސިއްސުވާލާ ވަރުގެ ޖައްވީ ހޯދުމެއް ހޯދާނެ ކަމަށް ބުނެ މިހާތަނަށް ގައުމަކުން ބޭނުންކުރާނެ އެންމެ ބޮޑު ޓެލެސްކޯޕް އުފައްދައިފި އެވެ. ނާސާއިން މި ޓެލެސްކޯޕަށް ދީފައިވާ ނަމަކީ "ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕް" އެވެ. މިއީ 9.7 ބިލިއަން ޑޮލަރުގެ އަގު ބޮޑު ޓެލެސްކޯޕެކެވެ. ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕް އަކީ ޖައްވީ ރޭހުގައި އުޅޭ ގައުމުތަކުން މިހާތަނަށް އުފައްދާފައި ނުވާ ވަރުގެ ޓެކްނެލޮޖީއެއް ބޭނުން ކޮށްގެން އުފައްދާ ޓެލްސްކޯޕެކެވެ. އަދި މިއީ އެންމެ އަގު ބޮޑު ޓެލެސްކޯޕެވެ.
މި ޓެލެސްކޯޕް ޖައްވަށް ފޮނުވަން ހަމަޖެހިފައިވަނީ 2021 ވަނައަހަރުގެ މާޗު މަހު އެވެ. އަދި މިއީ ކޮން ދިރާސާއެއް ކުރުމުގެ ބޭނުމުގައި އުފެއްދި އެއްޗެއް ކަމެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. ނާސާއިން އެންމެ ފުޅާކޮށް މިހާރު ކުރަމުންދަނީ ވީނަސްގެ ދިރާސާތަކުގެ އިތުރުން މާސްގައި ކުރާ ދިރާސާތަކެވެ. އެހެންކަމުން މިއީ މާސް އާއި ވީނަސްގެ ދިރާސާތަކަށް ދުރާލާ ނާސާއިން ތައްޔާރުކޮށްފައިވާ ޓެލެސްކޯޕަކަށްވުން ގާތެވެ. ނާސާއިން މިހާރު ވެސް މި ޓެލެސްކޯޕުގެ ސަޕޯޓިވް ބައިތައް ޖައްވަށް ގެންދަން ފަށަފައި ވެއެވެ.
ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕް އުފެއްދި ނާސާގެ އިންޖީނިއަރުން ބުނީ، މި ޓެލެސްކޯޕުގެ ސަބަބުން ފާއިތުވި 20 އަހަރު ނާސާއާއި އެކުވެރި އެހެން ޖައްވީ އިދާރާތައް ގުޅިގެން މަސައްކަތް ކޮށްގެން ވެސް ނުހޯދިވާ ބޮޑެތި ޖައްވީ ސިއްރު ހޯދޭނެ ކަމަށެވެ.
ނާސާގެ އެކުވެރި ޖައްވި އިދާރާތަކަކީ ޔޫރަޕިއަން ސްޕޭސް އެޖެންސީ އާއި ދަ ކެނެޑިއަން ސްޕޭސް އެޖެންސީ އަދި ނޯތްރޮޕް ގުރުމްމެން އެވެ. ނޯތުރޮޕް ގުރުމްމެން އަކީ ޖައްވުން ދުނިޔެއަށް ގިނިހިލަތައް ނައްތާލަން ބޭނުންވާ މިސައިލްތަކާއި ޓެކްނޮލޮޖީ އުފައްދާ ކުންފުންޏަކަށްވުމުން މި ޓެލެކްކޯޕަކީ ގިނިހިލަ ނައްތާލުމުގެ ގާބިލްކަން ލިބިގެންވާ އެއްޗެއް ކަމަށްވެސް ބެލެވެ އެވެ. ނާސާއިން ދުނިޔެއާ ދިމާއަށް އަންނަ ބޮޑެތި ގިނިހިލަތަށް ނައްތާލަން ޓެކްނޮލޮޖީއެއް އުފައްދަން މަސައްކަތްކުރާތާ މިހާރު ގާތްގަޑަކަށް 35 ވަރަކަށް އަހަރު ވެދާނެ އެވެ.
އެމެރިކާގެ ވާދަވެރި ގައުމުތަކުން ބުނާ ގޮތުގައި މި ޓެލެސްކޯޕަކީ ޖައްވުގެ މަންޒަރު ކުލަކޮށް ފޮޓޯ އަދި ވީޑިއޯ ކުރުމުގެ ގާބިލްކަން ވެސް ލިބިގެންވާ ޓެލެސްކޯޕެކެވެ. ޖައްވުގައި ބާއްވާފައިވާ އެއްވެސް ސެޓްލައިޓަކަށް އަދި ޓެލެސްކޯޕަކަށް ޖައްވުގެ މަންޒަރު ކުލަކޮށް ފޮޓޯ އަދި ވިޑިއޯ ކުރެވިފައި ނުވެ އެވެ. ސެޓްލައިޓުން ނުވަތަ ޓެލެސްކޯޕުން ފޮޓޯ ފޮނުވުމުން ސްޕޭސް އާކިއޮލޮޖިސްޓުން އެ ފޮޓޯތަށް ކުލަ ކުރެ އެވެ. ފޮޓޯ އާއި ވީޑިއޯ ހައި ކޮލިޓީގައި ޖައްވުން ސްޓޭޝަންތަކަށް ފޮނުވާނަމަ، ޖައްވުގެ ހޯދުންތައް ހޯދުމަށް ފަސޭހަވެގެން ދާނެ އެވެ.
ރަޝިއާގެ ޖައްވީ އިދާރާއިން ބުނާ ގޮތުގައި ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕް އަކީ ފޯކޭ ވީޑިއޯ ކުރުމުގެ ގާބިލްކަން ލިބިގެންވާ ޓެލެސްކޯޕެކެވެ. މި ޓެލެސްކޯޕުގެ ސަބަބުން ގިނިހިލަ އާއި ކޮމެޓް ތަކުގެ އަސްލު ކުލަ އެގިގެން ދާނެ އެވެ، މިހާތަނަށް ކޮމެޓް އަދި ގިނިހިލައިގެ އަސްލު ކުލަ ފެނިފައިވަނީ އެންމެ ފަހަރަކު އެވެ. ވާދަވެރި ގައުމުތަކުން ޓެލެސްކޯޕާއި ބެހޭގޮތުން ކޮންމެ ފަދަ އެއްޗެއް ބުނި ނަމަވެސް ނާސާއިން ޓެލެސްކޯޕުގެ އަސްލު މައުލޫމާތާއި އޭގެ ބޭނުން ހާމަ ނުކުރާނެ ކަމަށް ޓެލެސްކޯޕް އުފެއްދި އިންޖީނިއަރުންގެ ޓީމުގެ ޗީފް ވިދާޅުވެ އެވެ.