އަމީތާބު

"ކޯން ބަނޭގާ ކްރޯޅްޕަތީ"ން ފަގީރު އަންހެނަކަށް އެއް ކްރޯޑު

ގިނަ އަންހެނުން ފަދައިން ބަބީތާ ޓާޑޭ އަކީ ވެސް ބުރަ މަސައްކަތުން އާމްދަނީ ހޯދައިގެން އުޅޭ އަންހެނެކެވެ. ކިޗްލީ ކައްކައިގެން ސްކޫލް ކުދިންނަށް ވިއްކައިގެން އޭނާއަށް މަހަކު ލިބެނީ އެންމެ 1500 ރުޕީސް އެވެ. ނަމަވެސް ކިތަންމެ ކުޑަ ފައިސާކޮޅެއް ލިބުނަސް ބަބީތާ ހުރީ އުފަލުންނެވެ. އޭނާ ވިއްކާ ކާއެއްޗެތި ކުދިންނަށް މީރުވީމަ އެވެ.

ބަބީތާގެ ނަސީބު އަތުގައި ހިފީ ސޮނި ޓީވީން ދައްކާ އަމީތާބު ބައްޗަން ހޯސްޓް ކުރާ ކުއިޒް ޝޯ "ކޯން ބަނޭގާ ކްރޯޅްޕަތީ"ގެ 11 ވަނަ ސީޒަންގައި ބައިވެރިވުމުގެ ފުރުސަތު ލިބުމުންނެވެ. ބަބީތާ ވަނީ އޭނާ ދަސްކޮށްފައިވާ އެއްޗިއްސާއި ކުޅަދާނަ ސިކުނޑީގެ ބޭނުން ކޮށްގެން މި ޝޯއެއް އެއް ކްރޯޑު ރުޕީސް ހާސިލު ކޮށްފަ އެވެ.

ބަބީތާ އަކީ މި ސީޒަނުގައި 10 މިލިއަން ހާސިލުކުރި ފުރަތަމަ އަންހެނާ އެވެ. އޭނާއަށް ލިބުނު ގިނަ އަދަދެއްގެ ފައިސާގެ އިތުރުން އޭނާއަށް ވަނީ ޝޯ ބެލި އެތައް މިލިއަން މީހުންނެއްގެ ހިތްތައް ވެސް ފަތަހަ ކުރެވިފަ އެވެ. ކެތްތެރިކަމާއި ވިސްނުންތޫނުކަމުންނެވެ. އަދި އޭނާގެ ހަޔާތުގެ އަސަރުގަދަ ވާހަކަ އިންނެވެ.

މި ސީޒަނުގައި އެއް ކްރޯޑު ހޯދި ފުރަތަމަ މީހަކީ ސަނޯޖް ރާޖް ކިޔާ ޒުވާން ފިރިހެނެކެވެ. އޭނާއަށް ހަތް ކްރޯޑު ލިބޭ ސުވާލު ކުރުމުން ޖަވާބު ޔަގީން ނުވާތީ އެއް ކްރޯޑާއެކު ޝޯ އިން ވަކިވާން ނިންމީ އެވެ. ސަނޯޖް ބުނި ގޮތުގައި އޭނާއަށް މލިބުނު ފައިސާއިން ދަނޑުވެރިންނަށާއި ނުކުޅެދޭ މީހުންނަށް އެހީވާން ގަސްތުކުރެ އެވެ.