ބޮލީވުޑް

އަމީތާބާއި އަބީޝެކް އެކުގައި އަނެއްކާވެސް ސްކްރީންތަކަށް

އަމީތާބާއި އަބީޝެކް ސްޓޫޑިއޯއެއްގައި
0%
0%
0%

އަމީތާބް ބައްޗަން އޭނާގެ ދަރިފުޅު އަބީޝޭކްއާއެކު އަނެއްކާވެސް ފިލްމެއް ކުޅެން ނިންމައިފި އެވެ.

މި ހަބަރު އިއުލާން ކޮށްފައިވަނީ އަމީތާބް އެކްސްގައި ކުރި ޕޯސްޓެއް ގައެވެ.

އަމީތާބް މި ޕޯސްޓް ކޮށްފައިވަނީ ރިކޯޑިން ސްޓޫޑިއޯއެއްގައި އޭނާ އާއި އަބީޝެކް، ހެޑްސެޓް އަޅައިގެން އެއްޗަކަށް އަޑުއަޅަން ތިބި ފޮޓޯއަކާ އެކު އެވެ.

ފޮޓޯގެ ކެޕްޝަންގައި އަމީތާބް ބުނެފައިވަނީ ދާދިއަވަހަށް ދެބަފައިން އެއްކޮށް އަޖައިބު ކުރުވަނިވި މަސައްކަތަކުން ސްކްރީން ތަކުން ދާދި އަވަހަށް ފެންނާނެ ކަމަށެވެ.

އަމީތާބް އާއި އަބީޝެކް ވަނީ މީގެ ކުރިން ވެސް "ބުންޓީ އޯރް ބަބްލީ"، "ކަބި އަލްވިދާ ނާ ކެހެނާ" އަދި "ޕާ" ފަދަ ފިލްމުތަކުން ފެނިފަ އެވެ.

އަމީތާބްގެ ޕޯސްޓްގައި އިތުރަށް ބުނެފައިވަނީ އޭނާގެ ދަރިފުޅު އަބީޝެކްއާ އެކު މަސައްކަތް ކުރެވޭ ކޮންމެ ފަހަރަކުވެސް އޭނާއަށް ބޮޑު އުފާވެރިކަމެއް ލިބޭ ކަމަށާއި އޭނާ ދުއާ ކުރަނީ މި ކަހަލަ އެތައް ފުރުސަތެއް ލިބުމަށް ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345