ބޮލީވުޑް

ނިއު ޖާޒީގައި ހުރި އަމީތާބުގެ ބުދަށް ޝައުގުވެރިކަން އިތުރުވެއްޖެ

ނިއު ޖާޒީގައި ހުރި އަމީތާބްގެ ބުދުގެ ކައިރީގައި ބަޔަކު މަޑުކޮށްލައިގެން
0%
0%
0%

ނިއު ޖާޒީގައި ހުރި ބޮލީވުޑްގެ ސްޕާ ސްޓާ އަމީތާބް ބައްޗަންގެ ބުދަށް ފަތުރުވެރިންގެ ޝައުގުވެރިކަން ބޮޑުވެއްޖެ އެވެ.

މި ބުދު ބަހައްޓާފައިވަނީ އިންޑިއާ އާއި އެމެރިކާއަށް ނިސްބަތްވާ ވިޔަފާރިވެރިޔާ -- ގޯޕީ ސެތު، ނިއު ޖާޒީގައި ދިރިއުޅޭ ގޭގެ ކުރިމައްޗަށްވާ ގޮތަށެވެ.

ނިއު ޖާޒީގެ އެޑިސަން ސިޓީގައި 2022 ވަނަ އަހަރު ބެހެއްޓި މި ބުދަކީ ގާތްގަނޑަކަށް އަމީތާބުގެ އަސްލު އިސްކޮޅާއި ބައްޓަމަށް ހަދާފައިވާ ބުދެކެވެ.

އަމީތާބުގެ މި ބުދަށް މަގުބޫލުކަން ބޮޑުވެ ގޫގުލް މެޕްގައި ފަތުރުވެރިންގެ އެޓްރެކްޝަނެއްގެ ގޮތުގައިވެސް މިހާރު މި ބުދު ވަނީ ލިސްޓް ކުރެވިފަ އެވެ.

އަމީތާބުގެ ބުދު ދެކިލުމަށް ކޮންމެ ދުވަހަކުވެސް އެތައް ފަތުރުވެރިޔަކު ޒިޔާރަތްކުރާއިރު ބައެއް މީހުން ގެންދަނީ ބުދާ އެކު ސެލްފީ ނަގައި ސޯޝަލްމީޑިއާގައި ޕޯސްޓްވެސް ކުރަމުންނެވެ. އަދި ބައެއް މީހުން ތަފާތު މެސެޖުތައް ހިމެނޭ ނޯޓްތައްވެސް ބުދުގެ ކައިރީގައި ބަހައްޓާފައި ހުރެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345