ލައިފްސްޓައިލް

އިމްތިހާނުގައި މަކަރު ހެދިޔަ ނުދޭން ބޮލުގައި ފޮށިތަކެއް!

މެކްސިކޯގެ ސްކޫލެއްގެ ޓީޗަރަކު އޭނާގެ ދަރިވަރުން އިމްތިހާނުގައި މަކަރު ހެދިޔަ ނުދޭން އިމްތިހާނު ހެދި ވަގުތު އެ ކުދިންގެ ބޮލުގައި ފޮށިތަކެއް އަޅުވައިފި އެވެ.

މިކަމާ މި ކުދިންގެ ބެލެނިވެރިން ވަނީ ވަރަށް ރުޅި އައިސްފަ އެވެ. އަދި މިފަދަ އަނިޔާވެރި ގޮތަކަށް ކުދިންނަށް އިހާނެތިކޮށް ހިތާ ލަދުގަންނަވާލި ޓީޗާ ލުއިސް ޖުއަރޭޒް ޓެކްޒިސް އަށް އަދަބު ދިނުމަށް ބެލެނިވެރިން ދަނީ ޑިމާންޑް ކުރަމުންނެވެ. ބެލެނިވެރިން ދަނީ ކުދިންގެ ހައްގުތައް ރައްކާތެރި ކޮށްދިނުމަށް ސްކޫލްގެ ވެރިންނަށް އިލްތިމާސް ކުރަމުންނެވެ.

ކުދިންގެ ބޮލުގައި ފޮށިތައް އަޅުވާފައި ހުރީ ލޮލާ ދިމާލުން ދެ ބާގަނޑު ކަނޑާފަ އެވެ. އެއީ ކައިރީގައި ތިބި އެހެން ކުދިން ލިޔާ އެއްޗިއްސަށް ބެލިޔަ ނުދިނުމަށް ކުރި ކަމެކެވެ.

ބެލެނިވެރިންގެ ޝަކުވާތައް ގިނަވުމުން ސްކޫލްގެ ފަރާތުން ބުނެފައިވަނީ އެއީ ކުދިންނަށް ސައިކޯމޯޓޯ ޑިވެލޮޕްމަންޓް ދަސްކޮށްދިނުމަށް ހެދި "ޑައިނަމިކް އެކްސަސައިޒް" އެއް ކަމަށެވެ. އަދި އެއީ ކުދިން ކައިރީގައި ކުރީބައިގައި އަހާ އެކުދިން އެއްބަސްވެގެން ކުރި ކަމެއް ކަމަށެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަން ސާފު ނުވާޚަމަށް އެ ގައުމުގެ ނޫސްތަކުން ބުނެފައި ވެއެވެ.