އެންމެ ބޮޑު ޕްލެނެޓް ކަމަށްވާ ޖުޕިޓާއަކީ ވެސް ޖައްވީ ހޯދުންތައް ހޯދުމުގައި ބޭނުން ކުރާ އެންމެ މުހިންމު އެއް ޕްލެނެޓެވެ. މި ޕްލެނެޓަކީ ވެސް އެހެން ޕްލެނެޓުތައް ފަދައިން ނުރައްކަލުން ފުރިފައިވާ ޕްލެނެޓެކެވެ.
ޖައްވީ ހޯދުންތައް ހޯދަން މަސައްކަތް ކުރާ ގިނަ ގައުމުތަކުގެ ޖައްވީ އުޅަނދުތަކާއި ރާޑަރުތަކުގެ އިތުރުން ސެޓްލައިޓު ގިނަ އަދަދަކަށް ޖުޕިޓާގައި އަދި ޖުޕިޓާ ކައިރީގައި ދަތުރުކުރެ އެވެ. ލަފާކުރެވޭ ގޮތުގައި ޖުޕިޓާގެ ދިރާސާތައް ކުރުމަށް 90 އަށް ވުރެ ގިނަ އުޅަނދުތަށް ހަރަކާތްތެރިވެ އެެވެ.
މިއިން ކޮންމެ އުޅަނދެއް އުފައްދައި ޖައްވުގައި އޮޕަރޭޓް ކުރަން މިލިއަނުން މިލިއަނުން ހަރަދު ކުރަން ޖެހެ އެވެ. އަދި އެ އުޅަނދުތައް ޖައްވައް ފޮނުވަނީ މިޝަން ފެއިލް ނުވާނެ ކަމުގެ ފުރިހަމަ ޔަގީންކާމާ އެކުގަ އެވެ. އެކަމަކު މިހާރު ދިމާވެގެން އުޅޭ ކަމަކުން ޖުޕިޓާގައި ސައިންސްވެރިން ކުރަމުންދާ ހުރިހާ ދިރާސަތާކާއި މިޝަންތައް އެބޯޓް ކުރަން ޖެހިދާނެ އެވެ.
ހީވެސް ނުކޮށް ތިއްބާ ޖުޕިޓާގައިވާ ބޮޑު އަލިފާން ފަރުބަދައެއް ގޮވާނެ ކަމުގެ ސިގްނަލް ރާޑަރުތަކަށް އެރުމުން ސައިންސްވެރިން ވެސް ވަނީ އެލާޓަށް އައިސްފަ އެވެ. އަދި އުޅަނދުތައް ރައްކާތެރި ކުރާނެ ގޮތަކާއި މެދު ވިސްނަން ވަނީ ޖެހިފަ އެވެ.
ޔޫރަޕިއަން ޕްލެނެޓަރީ ސައިންސް ކޮންގްރެސް (އީޕީއެސްސީ) އިން ބުނީ، ޖުޕިޓާގައި ގޮވަން ތައްޔާރުވެފައި ވަނީ ބޮޑު އަލިފާން ފަރުބަދައެއް ކަމަށެވެ. އަދި އެ ފަރުބަދަ ގޮވާލެއް ބާރު ކަމުން، ޖުޕިޓާގައި ހުރި އެހެން އަލިފާން ފަރުބަދަތަކަށް ލޮޅުން އަރައި ގޮވުން ވެސް އެކަށީގެންވާ ކަމަކެވެ.
އީޕީއެސްސީން ސިފަކުރާ ގޮތުގައި މިހާރު ޖައްވު އޮތީ އެމަޖެންސީ ހާލަތެއްގަ އެވެ. އަލިފާން ފަރުބަދަ ގޮވާނެ ސީދާ ދުވަހެއް ބުނަން އީޕީއެސްސީއަށް ނޭގުނު ނަމަވެސް، އެމީހުން ބުނަނީ ކޮންމެ ވަގުތަކު ވެސް އެ އަލިފާން ފަރުބަދަ ގޮވުން އެކަށީގެންވާ ކަމަށެވެ.
އަލިފާން ފަރުބަދަ ގޮވުމުގެ ކުރިން ޖައްވީ އުޅަނދުތައް ޖުޕިޓާ ކައިރިން ފެއަށް ޖެއްސުމުގެ މަސައްކަތް މިހާރުވަނީ ފަށައިފަ އެވެ. އުޅަނދުތައް ދުރު ކުރުމަށް ދިގު މުއްދަތެއް ނަގާނެ ކަމަށް ބެލެވެ އެވެ. އެކަމަކު ޖުޕިޓާގައި އަލިފާން ފަރުބަދަ ގޮވާއިރު މަންޒަރު ބެލުމުގެ ގޮތުން ނާސާގެ ސައިންސްވެރިން ސެޓްލައިޓެއް ބާއްވާނެ އެވެ. އެއީ ޖުޕިޓާގައި ހުންނަ ދަށް ގްރެވީޓީގައި އަލިފާން ފަރުބަދަ ގޮވާއިރު، ބިއްމައްޗަށް އަލިފާންތައް ވެރިގެންދާ މަންޒަރު ބަލާށެވެ.