އެމްއެންޑީއެފް

އެންޑީއެމްއޭއިން އެމްއެންޑީއެފަށް ހަތަރު ޑްރޯން ދީފި

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ ފަރާތުން އެމްއެންޑީއެފަށް ހަތަރު ޑްރޯން ހަދިޔާކޮށްފި އެވެ.

މި ހަތަރު ޑްރޯން އެމްއެންޑީއެފަށް ހަދިޔާ ކޮށްދެއްވީ ބަންޑާރަކޮށީގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. އެންޑީއެމްއޭގެ ފަރާތުން ޑްރޯންތައް ހަވާލުކޮށް ދެއްވީ، ޗީފް އެކްޒެކްޓިވް ހިސާން ހަސަނާއި ޑެޕިޔުޓީ ޗީފް އެގްޒެކެޓިވް އުމަރު މޫސާ ފިކުރީ އަދި ޑައިރެކްޓާ ޖެނެރަލް ސަފީނާޒް އެވެ.

އެމްއެންޑީއެފްގެ ފަރާތުން މި ޑްރޯންތަކާ ހަވާލުވެވަޑައިގަތީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް އަބްދުﷲ ޝަމާލާއި، އެމްއެންޑީއެފް ކޯސްޓްގާޑު ކޮމަޑާންޓް، ކާނަލް މުހައްމަދު ސަލީމް އަދި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ކޮމަޑާންޓް، ކާނަލް އަބްދުﷲ އިބްރާހީމެވެ.