މީޑިއާނެޓް

މީޑިއާނެޓް: ހަފްތާގެ ޓޮޕް ޓެން ޝޯ

Sep 22, 2019

މީޑިއާނެޓާ ގުޅިގެން މި ގެނެސްދެނީ ހަފުތާގެ އެންމެ ގަދަ 10 ޝޯ އެވެ.

ކުޑަކުދިންނަށް ހާއްސަ

1. ލެގޯ ސިޓީ އެޑްވެންޗާސް (އާ ޝޯއެއް)

ސެޕްޓެމްބަރު 23، ކޮންމެ ހޯމައެއްގައި 15:30 ނިކަލޯޑިއަން އެޗްޑީ އިން ދައްކާނެ (ޗެނަލް 836)

ކުޑަކުދިންނަށް ހާއްސަކޮށްގެން ގެނެސްދޭ ސީޖީ އެނިމޭޓެޑް ސީރީޒް، ލެގޯ ސިޓީގެ އާ ބައި، ލެގޯ ސިޓީ އެޑްވެންޗާސް މި ހަފްތާގައި ނިކަލޯޑިއަން އިން ޕްރިމިއާ ކުރާނެ އެވެ. މި ކާޓޫންގައި ލެގޯސިޓީ ކޮމިއުނިޓީ އަށް ދިމާވާ ތަފާތު އެކި ކަންކަންް ފެންނާނެ އެވެ. މިއީ 2010 ވަނަ އަަހަރު ގެނެސްދިން ލެގޯ ހީރޯ ފެކްޓްރީގެ ދެވަަނަ ބައެވެ. މިސީރީޒްގައި ފެންނާނީ ލެގޯ ސިޓީ މެޓްރޮޕޯލިސްގެ ކެރެކްޓާސްގެ އެކި ވާހަކަތަަކެވެ.

2. އެބީ ހެޗާ (އާ އެޕިސޯޑް)

ކޮންމެ ދުވަހަކު 5:45 ގައި ނިކް ޖޫނިއާ އިން ދައްކާނެ (ޗެނަލް207)

އެބީ އާއި އެބީގެ ރައްޓެހި ފަޒްލީސް ފެންނަ މި ކާޓޫން ސީރީޒް އަކީ ކުޑަކުދިންގެ މެދުގައި މަގުބޫލް ސީރީޒް އެކެވެ. މި ހަފްްތާގައި އާ އެޕިސޯޑްތަކެއް ދަައްކަން ފަށާއިރު އެބީ އަދި ބޮޒްލީ އެކުގައި ޓަވަރެއްގަައި ތާށިވެ އެވެ. އެތަނުން ސަަލާމަތްވާނެ ގޮތާއި ސިއްރު ހޮހޮޅަ އެއް އެބީ އަށް ފެންނަ އެޕިސޯޑެއްވެސް މި ހަފްތާގައި ދައްކާނެ އެވެ. މިއީ ޝައުގުވެރި އެޕިސޯޑްތަކަކަށް ވާނެ އެވެ.

އިންގިރޭސި ސީރީޒް

3. 71 އެމީ އެވޯޑްސް (ލައިވް ޕްރިމިއާ)

ސެޕްޓެމްބަރު 23، ހޯމަ 4:30 ގައި (ރެޑް ކާޕެޓް) އަދި، 5:00 ގައި (ލައިވް ޕްރިމިއާ) ފޮކްސް ލައިފް އެޗްޑީ އިން ދައްކާނެ (ޗެނަލް 810)

މި ހަފްްތާގައި 71 އެމީ އެވޯޑްސްގެ ލައިވް ޕްރިމިއާ ދައްކަން ހަަމަޖެހިފައިވާއިރު މިއީ އެމެރިކާގައި ޝޯތަކަށް ހާއްސަކޮށް ދެވޭ އެންމެ ބޮޑު އެވޯޑް އެވެ. މި އަހަރުގެ އެވޯޑް ހަފްލާ ބާއްްވަނީ ލޮސް އެންޖަލަސްގެ މައިކްރޮސޮފްޓް ތިއޭޓާގަ އެވެ. އާދިއްތަ ދުވަހަކީ ޓީވީ ޝޯތަކަށް ބޮޑު ދުވަހަކަށް ވާނެ އެވެެ. މި އެވޯޑް ނައިޓުގެ ނޮމިނީސް މި އަހަރުގެ ޖުލައި މަހު އިއުލާން ކޮށްފައިވާ އިރު 32 ނޮމިނޭޝަން އާއެކު މި އަހަރުގެ އެންމެ ގިނަ ނޮމިނޭޝަންސް ލިބިފައިވަނީ އެޗްބީއޯގެ ސީރީޒް "ގޭމް އޮފް ތުރޯންސް" އަށެވެ. މީގެ އިތުރުން، "ވެން ދޭ ސީ އަސް" އާއި "ބެރީ"ވެސް ފާހަގަކޮށްލެވެ އެވެ.

އިންފޮޓެއިންމަންޓް

4. ދަ ވޮއިސް ސީޒަން 17 – (ޕްރިމިއާ) – ޔޫއެސް އާ އެއްދުވަހެއްގައި

ސެޕްޓެމްބަރު 24، އަންގާރަ އަދި ބުދައިގައި، 14:00 އާއި 17:00 ގައި ފޮކްސް ލައިފް އެޗްޑީ އިން ދައްކާނެ (ޗެނަލް810)

އެމެރިކާގެ އެންމެ ވަަރުގަދަ ވޯކަލިސްޓު ހޮވުމަށް ވޮއިސްގެ 17 ވަނަ ސީޒަން މި ހަފްތާގައި ޕްރިމިއާ ކުރާނެ އެވެ. ވޮއިސްގެ އާ ސީޒަން އެއް ފަށާއިރު ކޯޗުންނަށް މިފަހަރު ތިބޭނީ، ކެލީ ކްލާކްސަން، ޖޯން ލެޖެންޑް، ގްވެން ސްޓެފާނީ އަަދި ބްލޭކް ޝެލްޓަން އެވެ. ބްލައިންޑް އޮޑިޝަންތަކުން ފަށައިގެން ބެޓަލް ރައުންޑްސް އަދި ނޮކް އައުޓްސް އާއި ލައިވް ޕްލޭއޮފްސް އަދި އެންމެ ފަހު ލައިވް ޕާފޮމަންސް ޝޯ މި ސީޒަންގައިވެސް ދައްކާނެ އެވެ.

5. އެކްޓިވޭޓް – ދަ ގްލޯބަލް ސިޓިޒަން މޫވްމަންޓް

ސެޕްޓެމްބަރު 27، ހުކުރު ދުވަހު 18:00 ގައި ނެޝަނަަލް ޖިއޮގްރަފިކް ޗެނަލް އެޗްޑީ އިން ދައްކާނެ (ޗެނަލް 820)

2030 އަންނަން ވާއިރަށް ދުނިޔޭގައި ފަގީރުކަން ނަައްތާލުމަށް މަސައްކަތް ކުރާ މޫވްމަންޓް އެއް ދައްކުވައިދޭ "އެކްޓިވޭޓް" އަކީ ހަ ބަޔަކަށް ބަހާލައިގެން ގެނެސްދޭ ނެޝަނަލް ޖިއޮގްރަފިކް ޑޮކިއުމަންޓްރީ ސީރީޒް އެކެވެ. ކޮންމެ އެޕިސޯޑެއްގައި ފެންނާނީ އާ މައްސަލަ އަކަށް މަސައްކަތް ކުރާ ތަނެވެ. އެގޮތުން، ކެމްޕެއިން ތަކާއި ފަރުދީގޮތުން ކުރާ މަސައްކަތްތައްވެސް އެޕިސޯޑްތަކުގައި ފެންނާނެ އެވެ.
މި ހަފްތާގެ އެޕިސޯޑްގައި އަންހެން ކުދިންނަށް ކިޔެވުމުގައި ދިމާވާ މައްސަލަައް ހައްލު ކުރުމަށް މަސައްކަތް ކުރަނީ ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ޕްރިޔަންކާ ޗޯޕްރާ އެވެ.
މީގެ އިިތުރުން ގޭލް ކިންގް އާއި ބޮނަން މަތޭބާ ކުރިއަށް ގެންދާ ރެލީ އެއްވެސް ދައްކަން ވަނީ ހަމަޖެހިފަ އެވެ. އެ މޫވްމަންޓުގައި 10،000 މީހުންނާއެކު ސައުުތު އެފްރިކާ ސަރުކާރަށް ގޮވާލަނީ "ޕީރިއަަޑް ޕޮވަޓީ އާއި މެންސުރަލްް އެޑިިއުކޭޝަން" ކިޔަވައިދިނުމަށެވެ.

ފިލްމުތައް

6. ކްރޫކެޑް ހައުސް (ޕްރިމިއާ)

ސެޕްޓެމްބަރު 26، ބުރާސްފަތީގައި 18:00 ފޮކްސް މޫވީސް އެޗްޑީ އިން ދައްކާނެ (ޗެނަލް 800)

މިސްޓްރީ ޑްރާމާ މި ފިލްމަކީ ހަމަ މި ނަމުގައި 1949ގައި އަގެތާ ކްރިސްޓީ ނެރުނު ނޮވެލްއަށް ބިނާ ކޮށް ހަދާފައިވާ ފިލްމެކެވެ. ގިލޭ ޕަކުއޭ ޑައިރެކްޓުކޮށް ނެރުނު މި ފިލްމު ލީޑް ކުރަނީ ގްލެން ކްލޯސް، ޓެރެންްސް ސްޓޭމްޕް އަަދި މެކްސް އަަޔަންސް އެވެ. ފިލްމުގައި ހަނގުރާމައަށް ފަހު ސޯފިއާ އަށް ގެއަށް އާދެވޭނީ އޭނާގެ ކާފަ އަށް ޒަހަރު ދީ މަރާލާފައިވާ ތަނަށެވެ. އެއާއެކު އެ ގޭގައި ތިބި އެންމެންނަކީ އެކަން ކުރި ކަމަށް ޝައްކު އުފެދޭ މީހުންނަށްވެ ބޮޑު ޑިޓެޓްޓިވް މިޝަންއެއް ފަށަ އެވެ. އަދި ސޯފިއާ އިންނަން އުޅޭ ޗާލްސްް އަކީ ސްކޮޓލަންޑް ޔާޑްގެ އެސިސްޓަންޓް ކޮމިޝަނާ ކަމުން އެކަމަށް އެހީވެސް ލިބެ އެވެ.

7. ކްރީޑް 2 (ޕްރިމިއާ)

ސެޕްޓެމްބަރު 28، ހޮނިހިރު 18:00 ގައި ފޮކްސް މޫވީސް އެޗްޑީ އިން ދައްކާނެ (ޗެނަލް 800)

2015ގައި ނެރުނު މި ސްޕޯޓްސް ފިލްމަކީ ބޮކްސިން ލައިފް އެއް ދައްކުވައިދޭ ފިލްމެކެވެ. ފިލްމުގައި އެޑޮނިސް ޖޮންްސަަން އާއި އޭނާގެ ބައްޕަ އެޕޯލޯ ކްރީޑުގެ ވާހަކަތައް ދަައްކުވައިދެ އެވެ. އެޕޯލޯ މަރުވުުމަށްފަހު އެޑޮނިސް ބޭނުންވާނީ ބޮކްސިންގެ ޗެމްޕިއަން އަކަށް ވުމަށެވެ. އަދި ކުރީގެ ޗެމްޕިއަަންއެއް ކަައިރިން ޓްރެއިންވެ އެ ލަގަބު ލިބޭތޯ މަސައްކަތް ފަށަ އެވެ. ބޮކްސް އޮފީހުގައި 174 މިލިއަން ޑޮލަރުގެ ކާމިޔާބީ އެއް ހޯދި މި ފިލްމަކީ ރަޔަން ކޫގްލާގެ ޑައިރެކްޝަނުން ނެރުނު ފިލްމެކެވެ.

ހިންދީ

8. ކަބީރު ސިންގް (ވޯލްޑް ޕްރިމިއާ)

ސެޕްޓެމްބަރު 29، އާދިއްތަ 19:30 ގައި ސޮނީ މެކްސް އެޗްޑީ އިން ދައްކާނެ (ޗެނަލް 862)

މިއީ މިއަަހަރު ނެރުނު ފިލްމުތަކުގެ ތެރެއިން އެންމެ ގިނަ ބަޔަކަށް ކަމުދިޔަ ފިލްމެވެ. ޝާހިދް ކަޕޫރުގެ އެންމެ ތަފާތުު އެންމެ މޮޅު ފިލްމުގެ ގޮތުގައި ފާހަގަވި މި ފިލްމަކީ ރުޅިގަދަ ވުމުގެ މައްސަލަތައް ހުންނަ ސާޖަން އެއްގެ ލޯބީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ޝާހިދު އާއި ކިޔާރާ އަދްވާނީ ލީޑް ކުރާ މި ފިލްމު ޑައިރެކްްޓު ކުރީ ސަންދީޕް ރެޑީ ވަންގާ އެވެ. ކަބީރް ސިންގް ފިލްމަކީ 2017ގައި ނެރުނު ތެލުގޫ ފިލްމު އަރްޖުން ރެޑީގެ ސީކުއެލްް އެކެވެ.

9. ސުޕަ 30 (ވޯލްޑް ޕްރިމިއާ)

ސެޕްޓެމްބަރު 29، އާދިއްތަ 12:30 ގައި ސްޓާޕްލަސް އެޗްޑީ އިން ދައްކާނެ (ޗެނަލް 850)

ވިކާސް ބާލް ޑަައިރެކްޓުކޮށް ނެރެފައިވާ މި ބައޮގްރަފިކަލް ފިލްމަކީ މެތަމަޓީޝަން އާނަންދު ކުމާރުގެ ހަޔާތުގެ މައްޗަަށް ހަދާފައިވާ ފިލްމެކެވެ. ފިލްމު ހާއްސަކޮށްފަައިވަނީ އާނަންދު ކުރިއަަށްގެންދިިޔަ އެޑިއުކޭޝަނަލް ޕްރޮގްރާމް "ސުޕަ 30" އަށެވެ. މި ޕްރޮގްރާމްގެ ދަށުން ކިޔެވުމުގެ ފުުރުސަތު ނުލިބޭ ކުދިންނަށް އިންޑިއަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޮޖީ އިން އެންޓްރަަންސް އެގްޒޭމްސް ހަދަން ތައްޔާރުކޮށްދެ އެވެ. ފިލްމުގެ ލީޑް ތަރިންގެ ގޮތުގައި ރިތިކް ރޯޝަން އާއި މްރުނަލް ތާކުރް ހިމެނެ އެވެ. ފިލްމު ރިލީޒް ކުރީ މިއަހަރުގެ ޖުލައި މަހު އެވެ.

ސްޕޯޓްސް

ޕްރިމިއާ ލީގު

މެންޗެސްޓާ ޔުނައިޓެޑް އާއި އާސެނަލް ބައްދަލު ކުރާ މެޗު - އޮކްޓޯބަރު 1 ގައި، 00:00 ގައި އައިސްޓީވީ އެޗްޑީ (ޗެނަލް 100) އަދި ޕީއެލްޓީވީ އެޗްޑީ (ޗެނަލް 800) އިން ދައްކާނެ

ޕްރިމިއަ ލީގުގެ ހަތް ވަނަ ދުވަހު ލީގުގެ އެންމެ ޒަމާންވީ ވާދަވެރި އާސެނަލްއާ ދެކޮޅަށް މެންޗެސްޓަޔުނައިޓެޑް އެޓީމްގެ ދަނޑުގައި ނިކުންނާނެ އެވެ. މިއީ އާ ޓީމެއް ބިނާކުރަން ލީގުގެ އެންެމެ ކާމިޔާބު ދެ ޓީމް ކުރާ މަސައްކަތުގައި އެއް ޓީމް އަނެއް ޓީމްގެ މައްޗަށް ތާވަލްގައި ކުރި ހޯދަން ލިބޭ ފުރުސަތެކެވެ. އަދި މިމެޗުން ދެޓީމް ސީޒަންގައި އޮންނާނެ ހިސާބާ ފެންވަރު ބުނެދޭނެ އެވެ. މި މެޗު އައިސްޓީވީ އެޗްޑީ (ޗެނަލް 100) އަދި ޕީއެލްޓީވީ އެޗްޑީ (ޗެނަލް 800) އިން ދައްކާނެ އެވެ.