ދިރާގު

ދިރާގު ރޯޑް ރޭސް: މިއަހަރުގެވެސް ފަޒީލު އެއް ވަނަ ހޯދައިފި

ދިރާގު ރޯޑް ރޭހުގެ 10 ކިލޯމީޓަރާއި ފަސް ކިލޯމީޓަރުގެ ރޭހުންވެސް އެއް ވަނަ ހުސައިން ފަޒީލު ހާރޫން ހޯދައިފި އެވެ.

މިއަދު ހަވީރު ބޭއްވި ފަސް ކިލޯމީޓަރުގެ ރޭސް ފަޒީލު ކާމިޔާބު ކުރީ މުހައްމަދު ރަޝީދު (މޯޑް) އާއި ޝިފާޒު މުހައްމަދު ފަހަތައް ޖައްސާލުމަށް ފަހު އެވެ. އޯޕަން ކެޓަގަރީގެ ދެ ވަނަ ހޯދީ މޯޑް އެވެ، ތިން ވަނަ ހޯދީ ޝިފާޒު މުހައްމަދެވެ.

މިއަދު ހެނދުނު ބޭއްވި މި ރޭހުގެ 10 ކިލޯމީޓަރުގައިވެސް ފަޒީލް އާއި ވާދަ ކުރީ މޯޑް އާއި ޝިފާޒު އެވެ.

އަންހެން ފަސް ކިލޯމީޓަރުގެ ރޭހުން އެއް ވަނަ ހޯދީ މަރްޔަމް އަބްދުލް ކަރީމް (މަރީ) އެވެ. އޭނާ ރޭސް ކާމިޔާބު ކުރީ އަމީރާ ޝާކިރާއި އާމިނަތު ޖައިޝާ ޖުނީޒް ފަހަތަށް ޖައްސާލުމަށް ފަހު އެވެ.

އެހެންނަމަވެސް މިއަދު ހެދުނު ބޭއްވި އަންހެން 10 ކިލޯމީޓަރުގެ ރޭސް މަރީއަށް ދިފާއު ނުކުރެވުނެވެ. އޭނާ ފަހަތަށް ޖައްސާލުމަށް ފަހު ރޭސް ކާމިޔާބު ކުރީ ޖައިޝާ އެވެ. މަރީ ދިޔައީ ދެ ވަނަ އަށެވެ. ތިން ވަނަ ހޯދީ ޕެޓްރިޝިއާ ޑޮރީން އެވެ.