ހޮލީވުޑް

ހިއުސްޓަން! މިއޮތީ ވަން ޑައިރެކްޝަން

Aug 7, 2015

ނާސާއިން އެތާނގެ ސްޕޭސް ސެންޓަރުގައި ވަން ޑައިރެކްޝަނަށް އެމީހުން އެންމެ ފަހުން ނެރުނު ލަވަ "ޑްރެގެ މީ ޑައުން" ގެ ވިޑިއޯ ކުޅެން ހުއްދަދީފިއެވެ. ވީޑިއޯ ޑައިރެކްޓް ކުރަނީ އެމީހުންގެ ކުރީގެ ލަވަތައް "ބެސްޓް ސޯންގް އެވާ" އާއި "ސްޓޯރީ އޮފް މައި ލައިފް" ޑައިރެކްޓް ކޮށްފައިވާ ބެން ވިންސްޓަން އެވެ.

ޑްރެގް މީ ޑައުން މިލަވައަކީ މި ބޭންޑުން ޒޭން މަލިކް ނިކުތް ފަހުން ކިޔާފައިވާ ފުރަތަމަ ލަވައެވެ. އަދި މިލަވަ ނެރިފައިވަނީ ޒޭން "އާރްސީއޭ ރެކޯޑްސ" އޭ ކިޔާ ރެކޯޑް ކޮމްޕެނީއަކާއެކު އާ އެއްބަސްވުމެއްގައު ސޮއި ކުރިތާ އެއްދުވަސް ފަހުންނެވެ. ޒޭން ބުނެފައިވާ ގޮތުން އޭނާ ވަން ޑައިރެކްޝަން ދޫކޮށްލާފައި ދިޔައީ މިކަހަލަ ފުރުސަތެއް ހޯދާ ހަގީގީ މިއުޒިކާއި ލަވަތަކެއް ކިޔަނ ބޭނުންވާތީއެވެ.

މިދިޔަ ހަފްތާއި ނެރެ ރެކޯޑުތަކެއް މުގުރާލާފައިވާ މިލަވަ އާއި ބެހޭގޮތުން ޓްވިޓާގައި މިނެޓަކު 22000 ޓްވީޓް ތަކެއް ކުރެވެމުން ދިޔައެވެ.

ޒޭން މަލިކް ބޭންޑް ދޫކޮށްފައި ދިޔަފަހުން މިގްރޫޕްގެ އެހެން ލަވަކިޔުންތެރިއެއް ކަމުގައިވާ ލުއިސް ޓޮމްލިންސަން އަންނަ އަހަރު ބައްޕައަކަށް ވާންއުޅޭ ހަބަރުވެސް ލިބިފައިވެއެވެ. މިހުރިހާ އުނދަގުލާއި ދުއްތުރާތަކަށް ސިމެންތި އަޅާ އައިޓިއުންސާއި ސްޕޮޓިފައިގައި ލަވަ ޕޯސްޓު ކޮށްގެން ސަޕޯޓަރުންތައް އާޝޯހު ކުރުވި ވަން ޑައިރެކްޝަން އެމީހުންގެ ލަވައިގެ ޝޫޓިން ވަރަށް އަވަހަށް ފަށާނެއެވެ.