ހަބަރު

އުމުރުން ދުވަސްވީ މީހަކަށް ވަޅިން ހަމަލާދީ ފޭރިގެންފި

އައްޑޫ ސިޓީ، ހުޅުމީދޫގައި އުމުރުން ދުވަސްވީ މީހަކަށް ވަޅިން ހަމަލާދީ ފޭރިގެންފި އެވެ.

ފުލުހުން ބުނީ، ހުޅުމީދޫގައި އުމުރުން ދުވަސްވީ މީހަކަށް ވަޅިން ބިރުދައްކާ އަނިޔާ ކުރުމަށްފަހު އެމީހާ އަތުން ފޭރިގަނެފައިވާ މައްސަލައެއް ބަލަމުންދާ ކަމަށެވެ. އަދި އެމައްސަލަ ފުލުހަށް ރިޕޯޓްކޮށްފައިވަނީ މިރޭ 21:30 ހާއިރު ކަމަށާއި، ފޭރުމުގައި އަނިޔާ ލިބުނު މީހާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށެވެ.

އެމީހާގެ އަތުގެ ތިން ތަނަކަށް ވަޅިން ހަމަލާދީފައިވާ ކަމަށާއި މޫނު މަތީގައި ޖެހުމުގެ ސަބަބުން މޫނަށް ވެސް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އޭނާގެ އަތުން ފޭރިގަތް އެއްޗެއްގެ މައުލޫމާތު ފުލުހުން އަދި ހާމަކޮށްފަ އެއް ނުވެއެވެ. އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.