ހަބަރު

ތެޔޮ ލޮރީއެއްގައި އަލިފާން ރޯވެއްޖެ

ތެޔޮ ލޮރީގައި ރޯވި އަލިފާން ނިއްވާލުމަށް ސިފައިން ހަރަކާތްތެރިވަނީ- ފޮޓޯ އެމްއެންޑީއެފް
0%
0%
0%

މާލޭ އިންޑަސްޓްރިއަލް ވިލެޖުގައި އޮތް އޮއިލް ލޮރީއެއްގައި އަލިފާން ރޯވެއްޖެ އެވެ.

ސިފައިން ބުނީ ތެޔޮ ލޮރީގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު ލިބުނީ މިރޭ 7:39 އެހާކަންހާއިރު ކަމަށެވެ. އަދި މިހާރު ލޮރީގައި ރޯވި އަލިފާން ސިފައިން ކޮންޓްރޯލް ކޮށްފައިވާ ކަމަށްވެސް ވަނީ ބުނެފަ އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ. ސިފައިން އިތުރަށް ބުނި ގޮތުގައި ލޮރީގައި އަލިފާން ރޯވިއިރު އޭގައި ޑްރައިވަރުގެ އިތުރުން އެހީތެރިއަކު ވެސް ހުރި ކަމަށެވެ. އަދި ބުނީ އަލިފާން ރޯވެފައިވަނީ އެ ލޮރީ އިންޑަސްޓްރިއަލް ވިލެޖުގައި މަޑު ކޮށްގެން އޮއްވާ އިންޖީނުގައި ކަމަށެވެ.

އަލިފާން ރޯވެފައިވަނީ އެފްއެސްއެފް ގެ ލޮރީއެއްގަ އެވެ. ސިނާއި ސަރަހައްދުގައި އެފްއެސްއެމްއިން ދަނީ ޕެޓްރޯލް ޝެޑެއްވެސް ހިންގަމުންނެވެ. އެފްއެސްއެމްއަކީ އެސްޓީއޯގެ ދަށުން ހިންގާ ކުންފުންޏެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345