ހަބަރު

ޑިޕާޓްމަންޓް އޮފް ހެރިޓޭޖްގެ ނަން ބަދަލުކޮށްފި

ޑީޕާޓްމެންޓް އޮފް ހެރިޓޭޖްގެ ނަން ތަރިކާ ރާއްކާތެރިކުރާ ގައުމީ މަރުކަޒުގެ ނަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބަދަލު ކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ، ޑިޕާޓްމެންޓް އޮފް ހެރިޓޭޖްގެ ނަން ރައީސް ރައީސް ސޯލިހު ބަދަލުކުރެއްވީ ތަރިކައިގެ ގާނޫނު މިމަހު ރައީސް ތަސްދީގު ކުރެއްވުމާ އެކު އެގާނޫނުގެ ދަށުން ކަމަށެވެ.

ތަރިކައިގެ ގާނޫނު ބުނާގޮތުން، އެ ގާނޫނުގެ ދަށުން ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒެއެ ހުންނަން ޖެހޭނެ އެވެ. އަދި ގާނޫނަށް އަމަލުކުރަން ފެށުމާއެކު ޑިޕާޓްމެންޓް އޮފް ހެރިޓޭޖްގެ ނަން ސަގާފީ ތަރިކި ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ ނަމަށް ބަދަލުވެ، އެޑިޕާޓްމެންޓުން ކުރުމަންދާ ހުރިހާ މަސައްކަތެއް ސަގާފީ ތަރިކި ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ ދަށަށް ބަދަލުވާނެ އެވެ.