ސައިންސް

މާސްއަށް ސްނޯ ފާބައި ރަތްކުލަ ފޮރުވިފައި!

އިރުގެ ނިޒާމުން ދުނިޔެއާ އެންމެ ކައިރީގައިވާ ޕްލެނަޓަކީ މާސް އެވެ. މާސް މަޝްހޫރުވެފައި ވަނީ ރެޑް ޕްލެނެޓުގެ ގޮތުގަ އެވެ. ސަބަބަކީ މާސްގައި ރަތް ކުލައިގެ ފަސް ހުންނާތީ އެވެ. މި ފަސް އެންމެ ވައްތަރީ ބްރެޒިލްގައި ހުންނަ ރަތް ފަހާ އެވެ. މާސްގެ ފަސްގަނޑު ރައްކުލައިގެ ހުންނަ އެއް ސަބަބަކީ ގިނަ އަދަދަކަށް އަޔަން އޮކްސައިޑް އެ ފަސްގަނޑުގައި ހުންނާތީ އެވެ.

ޗައިނާއިން މާސްގައި އިންދި އާފަލް ގަސް މަރުވީ އަޔަން އޮކްސައިޑުގެ ސަބަބުން ކަމަށް ބެލެވެ އެވެ. މީގެ ކުރިން މަދު މިންވަރަކަށް ނަމަވެސް މާސްއިން ރަތް ނޫން ފަސް ވެސް ވަނީ ފެނިފަ އެވެ. އެ ފަސް ހުރީ ހުދު ކުލައިގަ އެވެ. ނާސާއިން ބުނާގޮތުގައި ހުދު ފަސް ހުރީ މީގެ ކުރިން މާސްގައި ފެން ހުރުމުގެ ސަބަބުން ކަމަށް ވެދާނެ އެވެ.

ޔޫރަޕިއަން ސްޕޭސް އެޖެންސީ އެންޑް ރޮސްކޮސްމޮސްއިން ވަނީ މާސްގެ ތަފާތު ފޮޓޯތަކެއް އާންމުކޮށްފަ އެވެ. ފޮޓޯތައް ތަފާތު ވަނީ އެހެން ފޮޓޯތަކާ ހިލާފަށް މި ފޮޓޯތަކުން މާސްގެ ރަތް ކުލައިގެ މަންޒަރުން ބޮޑު ބައެއް ފޮރުވިފައިވާތީ އެވެ.

ފޮޓޯއިން ހުދު ކުލަ ފެނުނު ނަމަވެސް އެއީ ހުދުކުލައިގެ ފަސްގަނޑެއް ނޫނެވެ. އެއީ ސްނޯ އެވެ. މާސްއަށް މިހާރު ވަނީ ވިންޓާ އައިސް ސްނޯ ފަބައިފަ އެވެ.

ފޮޓޯތަކުން އެ ފެންނަނީ މާސްގެ ރަތް ކުލައިގެ ފަސްގަނޑު މައްޗަށް ސްނޯ ފައިބައިފައި ވަނިކޮށެވެ. މާސްއަށް ފިނި މޫސުން އައި ކަމުގައި ވިޔަސް ސްނޯ ފާބައިފައި ހުންނަ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް މިހާތަނަށް މި ނޫނީ އަދި ނުލިބެ އެވެ. މުޅީން ވެސް ފެންނަނީ މާސްގައިވާ ގަނޑުފެންތަކުގެ ފޮޓޯ އެވެ.

މިހާތަނަށް ހޯދިފައިވާ ހޯދުންތަކުން ދައްކާ ގޮތުގައި ފިނި މޫސުމުގައި މާސްގެ ޓެމްޕަރޭޗަރު މައިނަސް 195 ޑިގްރީއަށް ދެ އެވެ. އަދި ފިނި މޫސުމުގައި މާސްގައި ހުންނަ ކާބޮންޑައިއޮކްސައިޑް ގޭސް ފޫ އަޅުވާލުމަށްފަހު ސްނޯތައް ބިއްމައްޗަށް ފައިބަ އެވެ. އަދި ސްޕްރިންއާ ހަމައަށް މި ސްނޯތައް ހުރި ގޮތަށް ހުންނާނެ އެވެ. އަދި ސްޕްރިން ފެށުމާއެކު ސްނޯތައް ދުންފިންޏަށް ބަދަލުވެ ގެއްލިގެން ދާނެ އެވެ. މިއީ ކިހިނެއްވާ ކަމެއްކަން ބުނެދޭކަށް އަދި ސައިންސްވެރިންނަކަށް ނޭނގެ އެވެ.

ސުވާލަކީ ޔޫރަޕިއަން ސްޕޭސް އެޖެންސީ އެންޑް ރޮސްކޮސްމޮސްގެ ސެޓަލައިޓަށް މި ފޮޓޯ ނެގުނު ގޮތެވެ. މި ފޮޓޯތައް ނެގުނީ އެ އެޖެންސީން މީގެ ކުރިން ފިނި މޫސުމުގައި ސެޓްލައިޓުތައް ނުދާ ހިސާބަށް ސެޓްލައިޓް ފޮނުވައިގެނެވެ. މާސްއަށް ފިނި މޫސުން އަންނައިރު ސެޓްލައިޓުތަކާއި ރާޑަރުތަކުގެ ސަލާމަތަށް އެތަކެތި ފިނި މޫސުން އަންނަ ހިސާބަށް ދުރަ ގެންދެ އެވެ. އެހެން އެޖެންސީއަކަށް ފޮޓޯ ނުލިބުނީ އެހެން ވެގެނެވެ.