އޮފްބީޓް

ކައިވެންޏަކުން އެއްވައްތަރު މީހަކާ ދިމާވެ މަޖާ ވެއްޖެ!

އެކުވެރިއެއްގެ ކައިވެނީގެ ހަފުލާ އަކުން ފިރިހެނަކަށް އޭނާއާ ވަރަށް ވައްތަރު މީހަކާ ބަދަލުވެއްޖެ އެވެ. އަޒްލީ ޔޫސުފް އަށް އޭނާއާ މުޅިން އެއް ވައްތަރު މީހާ ފެނުމުން އައީ އަމަށަކު ހިންޏެއް ނޫނެވެ. އޭނާ ބިނދިބިނދިފައި އެތައް އިރަކު ހުނެވެ.

މެލޭޝިޔާގެ ސެލެންގޯރު ސިޓީގައި އޮތް މި ކައިވެނީގެ ހަފުލާގައި 29 އަހަރުގެ އަޒްލީއަށް އޭނާއާ ވައްތަރު މީހާ ފެނުނީ ގްރޫޕް ފޮޓޯއެއް ނެގުމުގެ ތެރޭގަ އެވެ. އަޒްލީ އާ ވަރަށް ވައްތަރު އެހެން މީހަކު ވެސް އެތާ ހުރިކަން އެންމެ ފުރަތަމަ ފާހަގަ ކުރެވުނީ އަޒްލީގެ އެކުވެރިޔާ އާމިރު ޒުލްފަދްލީ ޒުލްކިފްލީ، 30، އަށެވެ.

އަދި އެންމެ މަޖާ ކަމަކީ ދެ މީހުން ވެސް ލައިގެން ތިބި ރަތްކުލައިގެ ޓީޝާޓެވެ. އަދި ލޮލުގައި އަޅާފައިވަނީ ވަރަށް އެއްވައްތަރެއްގެ އައިނެކެވެ. ދެ މީހުންގެ ހަށީގަނޑު އުފެދިފައިވާ ގޮތް ވެސް ވަރަށް އެއްގޮތެވެ. އަދި ކުރު މިނާއި ފަލަމިން އެއްވަރުއިރު ދެ މީހުންގެ ވެސް ބޯ ހުރީ ތަލަކޮށެވެ.

އަޒްލީގެ އެކުވެރިޔާ މޫވީކޮށްފައިވާ މަންޒަރުން ފެންނަ ގޮތުގައި ދެ މީހުންނަށް އެކަކު އަނެކަކު ފެނުމުން އެނބުރިފައި އެކަކު އަނެކާ ދިމާލަށް ބަލާލެވެ އެވެ. އަދި އެ ވަގުތު އެމީހުންނަށާއި އެތާ ތިބި އެންމެންނަށް ވަރަށް ބާރަށް ހީނގަނެވެ އެވެ.

އާމިރު ބުނި ގޮތުގައި މި އާދަޔާޚިލާފު ބައްދަލުވުމަކީ ވަރަށް ހައިރާން ކުރުވަނިވި ބައްދަލުވުމެކެވެ. އަދި އެއްފަހަރު މި މީހުން ބައްދަލު ކުރުވަން އާމިރު ގަސްތުކުރެ އެވެ.

އާމިރު ބުނި ގޮތުގައި އޭނާ އާއި އަޒްލީއަކީ ކުޑައިރުއްސުރެ އެކުވެރިންނެވެ. އަދި އަނެއް މީހާ އަކީ އޭނާއާއެކު އޮފީހުގައި މަސައްކަތް ކުރާ މީހެކެވެ. ނަމަވެސް މީގެ ކުރިން އާމިރު އާ އެ މީހާ އާ ބައްދަލެއް ނުވެ އެވެ. އަދި އަޒްލީ އާއި އޭނާއާ އެއްވައްތަރު މީހާ ރަތްކުލައިގެ ޓީޝާޓް ލާފައި ތިބީވެސް ހަމަ އިއްތިފާގަކުންނެވެ.

"އެމީހުން ހީވަނީ އެއްމާބަނޑު ދެބެންހެން. އެކަމަކު ހަގީގަތުގައި އެ މީހުންނަކީ އެއްވެސް ވަރެއްގެ ގުޅުމެއް އޮތް ބައެއް ނޫން،" އާމިރު ބުންޏެވެ.