އޮސްކާސް އެވޯޑްސް

"ގަލީ ބޯއި" އޮސްކާއަށް ފޮނުވާވަރެއް ނޫން: ސަންޖޭ ގުޕްތާ

ދަ ފިލްމް ފެޑެރޭޝަން އޮފް އިންޑިއާ އިން އިއުލާން ކޮށްފައިވާ ގޮތުގައި އަންނަ އަހަރު ބާއްވާ އޮސްކާ އެވޯޑަށް އިންޑިއާއިން ރަސްމީކޮށް ފޮނުވާނީ ޒޯޔާ އަޚްތަރު ޑައިރެކްޓް ކޮށްފައިވާ ރަންވީރު ސިންގް އާއި އާލިއާ ބަޓްގެ "ގަލީ ބޯއި" އެވެ.

މި ކަން އިއުލާން ކުރުމާއެކު ފިލްމު އިންޑަސްޓްރީގެ އެއްބައި މީހުން ވަނީ މަރުހަބާ ކިޔާ ސޯޝަލް މީޑިއާގައި މެސެޖުތައް ކޮށްފަ އެވެ. އަނެއް ބަޔަކު ގަބޫލު ކުރާ ގޮތުގައި މިއީ އޮސްކާ އަށް ފޮނުވާ ވަރުގެ ފިލްމެއް ނޫނެވެ. މި ފިލްމު ހުށަހަޅަން ނިންމުމުން އެމީހުން ވަރަށް މާޔޫސްވެއްޖެ އެވެ.

ފިލްމު އޮސްކާއަށް ފޮނުވަން ހިތްހަމަ ނުޖެހޭ ކަމަށް ބުނި މީހުންގެ ތެރޭގައި ފިލްމު ޑައިރެކްޓަރު ސަންޖޭ ގުޕްތާ ހިމެނެ އެވެ. އޭނާ ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި އޭނާ ގަބޫލު ކުރަނީ މި ފަހަރު އޮސްކާއަށް ފޮނުވުން ހައްގު ފިލްމަކީ 'ސުޕާ ޑިލަކްސް" އެވެ. އެއީ ތަމަޅަ ފިލްމެކެވެ.

"ގަލީ ބޯއީ" ރިލީޒް ކޮށްފައި ވަނީ މި އަހަރުގެ ފެބްރުއަރީ މަހު އެވެ.

މި ފިލްމު އޮސްކާ ނޮމިނޭޝަނަށް ފޮނުވަން ނިންމުމުން އުފަލުން ހުރެ ރަންވީރު ކުރި ޓުވީޓެއްގައި ބުނީ "ގަލީ ބޯއި" އޮސްކާ އަށް ފޮނުވަން ހަމަޖެހުނީތީ ވަރަށް އުފާވެއްޖެ ކަމަށެވެ އަދި ފިލްމް ފެޑެރޭޝަންގެ މީހުންނަށް ރަންވީނު ވަނީ ޝުކުރު އަދާކޮށްފަ އެވެ.