އަލިފާން

ގެއަކުން ދުން އަރާތީ ސިފައިން ހަރަކާތްތެރިވަނީ

މާފަންނު ގެއަކުން ދުން އަރާތީ އެ ގޭގެ ތެރޭގައި ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ. ދުން އަރަމުންދަނީ މާފަންނު ސްލީކްވިލާގެ ހަތަރުވަނަ ފަންގިފިލާއިންނެވެ.

އެމްއެންޑީއެފުން ބުނީ މާފަންނުގެ ގެއަކުން ދުން އަރާ ކަމުގެ މައުލޫމާތު ލިބިފައިވާތީ ސިފައިން ގޮސް އެ ގޭގެ ތެރޭގައި ހަރަކާތްތެރިވަމުން ގެންދާ ކަމަށެވެ. އަދި ލަފާކުރެވެނީ ދުން އަރަމުންދަނީ ކަރަންޓް ޝޯޓެއްގެ ސަބަބުން ކަމަށާއި އެ ގޭގައި ސްޓެލްކޯގެ މުވައްޒިފުން ހަރަކާތްތެރިވާ ކަމަށެވެ.