ޓައިގާ ޝްރޮފް

ޓައިގާއާ ރިތިކް "ވޯ" ޕްރޮމޯޓް ކުރާނީ ވަކިން

ރިތިކް ރޯޝަން އާއި ޓައިގާ ޝްރޮފްގެ "ވޯ" އަންނަ އޮކްޓޯބަރު ދޭއްގައި ރިލީޒް ކުރަން ދަނީ ތައްޔާރު ވަމުންނެވެ.

ފިލްމުގެ ޕްރޮމޯޝަން މަސައްކަތްތައް މިހާރު ފަށާފައިވާއިރު ރިތިކް އާއި ޓައިގާ ޕްރޮމޯޝަންގެ މަސައްކަތްކުރާނީ މުޅިން ވަކިންނެވެ. އެއީ އެ މީހުން ފިލްމުގައި އުޅެނީ ދެ ހަތަރުން ގޮތަށް ކަމަށް ވާތީ އެމީހުންގެ ސްކްރީން ވާދަވެރިކަން އެގޮތުގައި ދެމެހެއްޓުމަށެވެ.

ފިލްމުގެ ޑައިރެކްޓަރު ސިދާރްތު އާނަންދު ބުނި ގޮތުގައި "ވޯ"ގައި ފެނިގެން ދާނީ ބޮލީވުޑްގެ އެންމެ ވަރުގަދަ ދެ އެކްޝަން ސްޓާރުންގެ ކުރިމަތިލުންތަކެކެވެ. އަދި އެމީހުން ބޭނުންވަނީ ރިތިކް އާއި ޓައިގާ އެކުގައި ފުރަތަމައިނުން ވެސް ސްކްރީނުން ފެނުމަށެވެ. ދެ މީހުންގެ ކުރިމަތިލުންތައް ބަލާހިތުން މީހުން ކެތްމަދުވުމެވެ.

ވާނީ ކަޕޫރު ބަތަލާގެ ރޯލު ކުޅޭ މި ފިލްމަކީ ޔާޝްރާޖް ފިލްމްސްގެ އުފެއްދުމެކެވެ. މި ފިލްމު ހިންދީ، ޓަމަޅަ، ތެލުގޫ ބަހުން އުފައްދަން ވެސް ވަނީ ހަމަޖެހިފަ އެވެ.