އޮފްބީޓް

އަލަތު ކައިވެންޏަށް ދިޔަ މީހަކު ލިފްޓް ތާށިވެއްޖެ

އަލަތު ކައިވެންޏަށް ތައްޔާރުވާ ޒުވާނުންނަށް ކައިވެނި ކުރާ ދުވަހަކީ ވަރަށް ބޮޑަށް ހާސްކަމުން ފުރިގެންވާ ދުވަހެކެވެ. އަދި ކައިވެނި ކުރަން ކަނޑައަޅާފައިވާ ވަގުތު ޖެހޭއިރު ދެ މީހުން ކުރެ އެކަކު ހިޔާލު ބަދަލުވެގެން ނަމަވެސް ކައިވެނި ކުރާތަނަށް ނުދިއުމަކީ ބިރުވެރި ހުވަފެނެއް ފަދަ ކަމަކަށް ވާނެ އެވެ.

ޗައިނާގެ ޒުވާން ދެ ލޯބިވެރިން ކައިވެނި ކުރަން އޮތް ދުވަހު ދިމާވީ މިފަދަ ކަމެއް ނޫނެވެ. ފިރިހެންމީހާއަށް ކައިވެނި ކުރާތަނަށް ނުދެވުނީ އޭނާ އެރި ލިފްޓެއް މައްސަލަޖެހި އޭގައި ތާށި ވެގެނެވެ.

ކައިވެންޏަށް ތައްޔާރު ވެގެން ހުރި އަންހެންކުއްޖާ ކެތްތެރިކަމެއް ނެތި ފިރިހެންކުއްޖާއަށް ވަރަށް ގިނައިރު އިންތިޒާރު ކުރަން ޖެހުނެވެ. ކައިވެނީގެ ރަސްމިއްޔާތަށް ގިނަ އަދަދެއްގެ މެހެމާނުން ވެސް ހާޒިރުވެފައި ތިބުމުން ފިރިހެންކުއްޖާ ނައިސް ލަސްވި ވަގުތު ތަކަކީ އަންހެންކުއްޖާއަށް ވަރަށް ލަދުވެތިކަން އިހްސާސްކުރަން ޖެހުނު ވަގުތު ތަކަކަށް ވިއެވެ.

ޒަންގް ނަމަކަށް ކިޔާ މި ފިރިހެންމީހާ އޭނާ އަލަތު ކައިވެނިކުރާ އަންހެންކުއްޖާ ބަލާ ދާން ހޮޓަލުން ނުކުންނަން ވެގެން 11 ވަނަ ބުރީގައި ހުރި ލިފްޓަކަށް އަރައިގެން ތިރިއަށް ދަނިކޮށް ލިފްޓްގައި މައްސަލައެއް ޖެހި އޭނާ އޭގެ ތެރޭގައި ތާށިވީ އެވެ. އޭރު ލިފްޓް ހުރިކަމަށް ވަނީ ދެ ވަނަ ބުރިއާއި ތިން ވަނަ ބުރިއާ ދެމެދުގަ އެވެ.

ވަގުތުން އެލާމް އަޅައިގެން މީހުން އައިސް ލިފްޓް އަލުން ރަނގަޅު ކުރުމުން އޭނާއަށް ލިފްޓުން ނުކުމެވޭވަރުވީ ގަޑިއެއްހާއިރު އޭގެ ތެރޭގައި ހޭދަވި ފަހުންނެވެ. އިތުރު ކަމެއް ދިމާނުވެ އެ ދެ މީހުންނަށް ފަހުން ކައިވެނި ކުރެވޭގޮތް ވިއެވެ.