ހަބަރު

13 ސިއްހީ މަރުކަޒަކަށް ސާމާނު ހޯދަން އިއުލާނުކޮށްފި

Sep 24, 2019
4

ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރި 13 ސިއްހީ މަރުކަޒަކަށް ބޭނުންވާނެ ސާމާނު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނު ކޮށްފި އެވެ.

ހެލްތް މިނިސްޓްރީން ބޭނުން ވެގެން ކޮށްފައިވާ އިއުލާނުގައިވާ ގޮތުން 13 ސިއްހީ މަރުޒަކަށް ބޭނުންވާ ސަމަނާއި އާލާތް ސަޕްލައިކޮށް ޑެލިވަރީ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެ އެވެ. އަދި އެ ކަމަށް ޝައުގުވެރިވާ ފަރާތް ތަކުން ބީލަން ހުށަހަޅަން އެދިފައި ވެއެވެ.

އެ އިއުލާނުގައިވާ ގޮތުން މަސައްކަތް ކުރަން ޝަތުރު ހަމަވާ ފަރާތެއް ހޯދުމުގެ ކަންކަން ކުރިއަށް ގެންދާނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން އުސޫލަށެވެ.

މި ބީލަމުގައި ބައިވެރިވާ ފަރާތްތަކުން 500ރ. ގެ ނޮން ރިފަންޑަބަލް ރެޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހެ އެވެ. މަސައްކަތްތަކާ ބެހޭ ލިޔެކިޔުންތައް މިއަދުން ފެށިގެން ފިނޭންސްގެ ވެބްސައިޓުން ލިބޭނެ އެވެ. އަދި މި ޕްރޮޖެކްޓުގައި ބިޑް ސެކިޔުރިޓީގެ ގޮތުގައި 70،000ރ. ހުށަހަޅަން ޖެހެ އެވެ.

މި ސަރުކާރުން ދާދި ފަހުން ވަނީ 15 އެމްބިއުލާންސް ހޯދަން ވެސް އިއުލާނު ކޮށްފަ އެވެ. އެ މަސައްކަތް 9.2 މިލިއަން ރުފިޔާ އަށް ހަވާލުކޮށްފައި ވަނީ އިންޑިއާގެ މޯހަން މުތާ އަށެވެ.