އޮފްބީޓް

ގެނބެނީ ކަމަށް ހީކޮށް އެތެއް މީހަކު ސަލާމަތްކޮށްދީފި

ކޯރަކަށް އެރިގެން އުޅުނު މީހަކު ގެނބެނީ ކަމަށް ހީވެގެން ކުޑަ ކުޑަ އެތެއް ކޯރަށް އެރި، އެމީހާ ސަލާމަތް ކޮށްދީފި އެވެ.

އެތަކީ ފުދޭވަރެއްގެ ވިސްނުން ތޫނު ޖަނަވާރެކެވެ. އަދި ދަރިއަކަށް ނުވަތަ އާއިލާގެ އެއްޗަކަށް ގެއްލުމެއް ލިބޭނަމަ އެ އެއްޗެއް ކައިރިން ދުރަށް ވެސް ނުގޮސް އެތްތައް އެހީތެރިކަން ފޯރުކޮށްދޭތަން ވަރަށް ގިނައިން ފެނެ އެވެ.

ސޯޝަލް މީޑިއާގައި މީހަކު ޝެއާކޮށްފައިވާ ވީޑިއޯ އިން ފެންނަނީ ސްރީލަންކާގެ ހިސާބުގަނޑެއްގައިވާ ކޯރެއް ކައިރިން އެއްތަކެއް ހިނގަމުން ދާތަނެވެ. އަދި ފިރިހެނަކު ކޯރުތެރޭގައި ފަތަނިކޮށެވެ. އެތަނުގައި އޮތް އެންމެ ކުޑަ އެތަށް ކުއްލިއަކަށް އެ ފިރިހެންމީހާ ކޯރުގައި އޮއްވާ ފެނެ އެވެ. އޭތި ހީކުރަނީ ކޯރުގެ އޮއިގަދަކަމުން އެމީހާ އޮޔާގޮސް ގެބެނީ ކަމަށެވެ. އެހެންވެ ވަގުތުން ކޯރަށް އެރި ބާރު ބާރަށް އެމީހާ ކައިރިއަށް ދެއެވެ.

އެއް އަންނަތަން ފެނިފައި ކޯރުގައި ފަތަން އޮތް މީހާ ފުރަތަމަ ކުޑަކޮށް ބިރުގަތެވެ. ނަމަވެސް އޭތި އަންނަނީ އޭނާ ސަލާމަތްކުރަންކަން އެނގުމުން އޭނާ މަޑުމަޑުން އޮތީ އެވެ. އަދި އެއް އޭނާ ކައިރިއަށް އައުމުން އޭތީގެ ހޮނޑުގައި ހިފަހައްޓައިގެން އެއްގަމަށް ދިޔައީ އެވެ.

އިންސާނުންނާ އެއްވަރުގެ ބުއްދިއެއް ނެތަސް ބައެއް ފަހަރު ޖަނަވާރުން އިންސާނުންނަށް އެހީތެރިވުމުގައި އިސްނަގަ އެވެ.