ހަބަރު

ކެނެޑާގެ ކުރީގެ ބޮޑުވަޒީރާ ޝާހިދު ބައްދަލު ކުރައްވައިފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ކެނެޑާގެ ކުރީގެ ބޮޑުވަޒީރު ޖޮން ކްރެޓިއެންއާއި ބައްދަލު ކުރައްވައިފި އެވެ.

އެމެރިކާގެ ނިއުޔޯކްގައި މިހާރު ކުރިއަދާ އދ. ގެ 74 ވަނަ އާއްމު މަޖިލީހުގެ ހަވާސާގައި ބޭއްވި ބައްދަލުކުރެއްވުމުގައި ރާއްޖެ އަލުން ކޮމަންވެލްތާއި ގުޅުމާއި، ވިޔަފާރިއާ ތައުލީމީ ދާއިރާއިން ރާއްޖެއާކެނެޑާގެ ގުޅުން ބަދަހިކުރުމާއި ފަތުރުވެރިކަމުގެ ދާއިރާއާއި ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.

މީގެ އިތުރުން އާއްމު މަޖިލީހުގެ ހަވާސާގައި ބަހްރައިންގެ ޚާރިޖީ ވަޒީރު ޚާލިދު ބިން އަހުމަދު އަލްޚަލީފާއާ ވެސް ޝާހިދު ބައްދަލުކު ރެއްވިއެވެ.

އެ ބައްދަލު ކުރެއްވުމުގައި ދެ ގައުމުން ސޮއިކުރާ އެއާ ސާވިސް އެގްރިމެންޓާއި އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.