ނަކަލުކޮށްފައިވާ ޕާސްޕޯޓެއް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން އުޅުނު މީހަކު މޯލްޑިވްސް އިމިގްރޭޝަނުން ހިފަހައްޓައިފި އެވެ.
އިމިގްރޭޝަނުން ބުނީ ނަކަލުކޮށްފައިވާ ޕާސްޕޯޓެއް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން އުޅުނީ އަންހެނެއްކަމަށެވެ. އޭނާ ހިފަހައްޓާފައިވަނީ މިއަދުގެ ވަގުތެއްގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންކަމަށްވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.
ނަކަލުކޮށްފައިވާ ޕާސްޕޯޓެއް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން އުޅުނު މީހަކު ހިފަހައްޓާފައިވާއިރު، ވައްތަރު މީހެއްގެ ޕާސްޕޯޓް ބޭނުންކޮށް ޝަހުސް އޮޅުވާލައިގެން ރާއްޖެ އެތެރެވާން މަސައްކަތްކުރި ގިނަ ބަޔަކުވެސް މީގެ ކުރިން ވަނީ ހިފަހައްޓާފައެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމުން ޝަހްޝު އޮޅުވާލައިގެން އަލުން އެތެރެވުމަކީ އާންމުކޮށް ހިނގާ ކަމެކެވެ. މިކަން ހުއްޓުވުމުގެ ގޮތުން ރާއްޖޭގެ ބޯޑަރު ނިޒާމް ވަރުގަދަ ކުރުމުގެ އިތުރުން ހިޔުމަން ޓްރެފިކިން އާއި ދެކޮޅަށް ކަމާބެހޭ އިދާރާތަކުން ދަނީ މަސައްކަތްތައް ކުރަމުންނެވެ.