ހަބަރު

ލޯންޗެއް ދިޔަވާތީ ސިފައިން ހަރަކާތްތެރިވަނީ

މާލޭ ދެކުނު ފަރާތު ނެރުން ފަޅުތެރެއަށްވަތް ލޯންޗަކަށް ގެއްލުންވެ، ދިޔަވާތީ ސިފައިން ހަރަކާތްތެރި ހަރަކާތްތެރިވާން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ ލޯންޗަކަށް ގެއްލުވެ، ދިޔަވާކަމުގެ މައުލޫމާތު ލިބިފައިވަނީ 3:30 އެހާކަންހާއިރުކަމަށެވެ. އަދި ސިފައިންނާ ފުލުހުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ފުލުހުން ބުނީ މި ހާދިސާގައި ލޯންޗުގެ އަރިމަތިން ފަޅައިގެންގޮސްފައިވާކަމަށެވެ. އަދި މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންދާކަމަށެވެ.

"މީރާޒް 4" ނަމަކަށް ކިޔާ ލޯންޗު ދުއްވަން އިން މީހާގެ އަތުގައި ލައިސަންސް އޮންނަކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.