ޓޫރިޒަމް

ކެނޯ ރޭހުގައި ރާއްޖޭގެ 18 އަތޮޅެއްގެ ޓީމުތައް

Sep 25, 2019

ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަ ކުރަން ބާއްވާ "ޖަޒީރާ ކެނޯރޭހު" ގައި ރާއްޖޭގެ 18 އަތޮޅަކުން ޓީމުތައް ބައިވެރި ވާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި 18 ޓީމުގެ ތެރޭގައި ދެ ޖިންސުގެ ޓީމްތައް ހިމެނެ އެވެ.

ކެނޯ ރޭހަކީ ޓޫރިޒަމް ދުވަސް ފާހަގަ ކުރުން ފަށައިދޭ ހަރަކާތެވެ. މި ރޭހުގައި ބައިވެރިވާ އަންހެނުން ވ. ކެޔޮދޫން އެ އަތޮޅުގެ ފެލިދޫއަށް ކެނޯގައި ދާނެ އެެވެ. އަދި ކެނޯތައް ފުލިދޫއިން ފިރިހެން ޓީމުތަކާ ހަވާލު ކުރާނެ އެވެ.

މި ރޭހުގައި ނަގާ ފޮޓޯތަކާއި ވީޑިއޯތައް ޓޫރިޒަމް އިޝްތިހާރު ކުރަން ބޭނުން ކުރާނެ އެވެ.

ރިޒަމް ދުވަސް ފާހަގަ ކުރުމަށް ގިނަ ހަރަކާތް ތަކެއް ހިންގަ އެވެ. އޭގެ ތެރޭގައި ފްރީ ޑައިވް ވޯލްޑް ރެކޯޑް ގާއިމު ކުރުމާއި ޖޮބް ފެއާއެއް ބޭއްވުމާއި ރ. އަނގޮޅިތީމުގެ ޓޫރިސްޓް ވިޒިޓާ ސެންޓަރުގެ ބިންގާ އެޅުން ހިމެނެ އެވެ. އަދި ޓޫރިޒަމް އޯޕަން ޑޭ އާއި ކިޑްސް ފުޓްބޯލް ފިއެސްޓާއަކާއި ޓޫރިޒަމް ކޮންފަރެންސާއި ގާލާ ޑިނާއެއް ވެސް ބާއްވާނެ އެވެ.