ބައެއް މީހުން ހެނދުނު ހޭލައިގެން އޮފީހަށް ނުވަތަ ބޭރަށް ދާން ތައްޔާރުވާއިރު ޑިއޮޑްރަންޓް އުނގުޅަ އެވެ. ނަމަވެސް ބައެއް ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ހެނދުނު ވަގުތު ޑިއެޑްރަންޓް އުނގުޅުމުން އޭގެން އެކަށީގެންވާ ފައިދާއެއް ނުކުރާނެ އެވެ. މިއީ ސައިންސުން ސާބިތުވާ ކަމެއް ކަމަށް ވެސް ތަޖުރިބާކާރުން ވިދާޅުވެ އެވެ.
ސްކިން އެކްސްޕާޓުން ވިދާޅުވާ ގޮތުގައި އަހަރެމެންގެ ތެރެއިން ގިނަ މީހުން ހެނދުނު ގަޑީގައި ކަންތައްތައް ކުރަނީ އެ ކުރަން އޮންނަ އެންމެ ރަނގަޅު ގޮތަކަށް ނޫނެވެ. މީގެ ތެރޭގައި ޑިއޮޑްރަންޓް އުނގުޅުން ވެސް ހިމެނެ އެވެ.
ޑިއޮޑްރަންޓް އުނގުޅަން ޖެހޭނީ ނިދަން އޮށޯންނަގަޑީގައި ކަމަށް ވެސް ކަމުގެ މާހިރުން ވިދާޅުވެ އެވެ. މިއީ ފަހަރެއްގައި ގަބޫލުކުރަން އުނދަގޫ ވާހަކައަކަށް ވެސް ވެދާނެ އެވެ.
ހަމުގެ ޑޮކްޓަރެއް ކަމަށްވާ ސެންޑްރާ ލީ ވިދާޅުވީ ގައިން ނުބައި ވަސް ދުވަސް ބޭނުން ނޫންނަމަ ޑިއޮޑްރަންޓް އުނގުޅަން އެންމެ ރަނގަޅީ ނިދާ ގަޑީގަ އެވެ. ސަބަބަކީ އެ ގަޑީގައި ސްވެޓް ގްލޭންޑްތައް ހުންނަނީ ހަމަޖެހި އަރާމު ލިބިފަ އެވެ. އެ ގަޑީގައި ޑިއޮޑްރަންޓް ހޭކުމުން އޭގެން ލިބެންވާ ފައިދާ އެންމެ ރަނގަޅަށް ލިބެނީ މި ސަބަބާ ހެދި އެވެ.