މަސްވެރިކަމާއި ގުޅޭ މަޝްވަރާތަކެއްގައި ބައިވެރިވެ ވަޑައިގެންނެވުމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ބެލްޖިއަމްގެ ބްރަސްލްސްއަށް ވަޑައިގެންފި އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނީ މިނިސްޓަރު ޒަހާ ބެލްޖިއަމަށް ވަޑައިގަތީ ގާނޫނާއި ގަވާއިދާ ހިލާފަށްކުރާ މަސްވެރިކަން ހުއްޓުވަން ރާއްޖޭގެ ފަރާތުން ކޮށްފައިވާ މަސައްކަތްތަކާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށާއި ޔޫރަޕިއަން ޔޫނިއަން އަށް މަސް އެކްސްޕޯޓްކުރާ ގައުމުތަކުން ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަވަމުންދާ މިންވަރާއި ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށެވެ.
އެ ބައްދަލުވުން ބާއްވަން ނިންމާފައިވަނީ މިއަދާއި މާދަމާއެވެ.