ޓޫރިސްޓް އެރައިވަލް

މިދިޔަ މަހު ޓޫރިޒަމަށް 12 ޕަސެންޓުގެ ކުރިއެރުމެއް

Sep 25, 2019
2

މި އަހަރުގެ އޯގަސްޓް މަހު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު 12 ޕަސެންޓް އިތުރު ވެއްޖެ އެވެ.

މިނިސްޓްރީން މިއަދު އާއްމުކުރި މައުލޫމާތުތަކުގައިވާ ގޮތުން، މިދިޔަ މަހު ނިޔަަލަށް ރާއްޖެ އަށް 139،338 ޓޫރިސްޓުން ވަނީ ޒިޔާރަތް ކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 12 ޕަސެންޓުގެ އިތުރުވުމެކެވެ.

ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ރާއްޖެ އަށް 1.13 މިލިއަން ޓޫރިސްޓުން ވަނީ ޒިޔާރަތް ކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 16.6 ޕަސެންޓު އިތުރު ވުމެކެވެ.

މިނިސްޓްރީގެ ތަފާސްހި ސާބު ތަކަށް ބަލާއިރު އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވަނީ އެމެރިކާ އަދި ޔޫރަޕުގެ މާކެޓުތަކުންނެވެ. މި ސަރަހައްދުން އައި މީހުންގެ އަދަދު ވަނީ 25 ޕަސެންޓުގެ އިތުރުވެފައިވެ އެވެ. މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް 49،731 ޓޫރިސްޓު އެނދު ރާއްޖޭގައި ރަޖިސްޓްރާކޮށްފައިވެ އެވެ. އަދި މިހާރު އޮޕަރޭޓު ކުރަމުން ގެންދަނީ 46،145 އެނދެވެ.