ލައިފްސްޓައިލް

ރީނދޫ ސައިގެ ފައިދާ އެނގޭތަ؟

ސައި ބުއިމަކީ ސިއްހަތަށް ރަނގަޅު ކަމެއް ކަމަށް ގިނަ ތަޖުރިބާކާރުން އެއްބަސް ވެއެވެ. ސައި ބުއިމުން ހިތުގެ ސިއްހަތު ރަނގަޅުވެ، ދިފާއީ ބާރު ގަދަވެ އެވެ. އަޔުރްވެދިކް ބޭހާއި އިހުޒަމާނުގެ ހަކީމީ ބޭސްތަކުގައި ވަރަށް ގިނައިން ރީނދޫ ބޭނުންކުރެ އެވެ.

މިހާރު މަޝްހޫރުވަމުން އަންނަ އެއް ބުއިމަކީ ވެސް ރީނދުލުން އުފައްދާ ބުއިމެކެވެ. އެއީ ރީނދޫ ސަޔެވެ. ރީނދޫ ސަޔަކީ ޖަޕާނުން އުފަން ވެގެން އުޅޭ އެއްޗެކެވެ. މުގުރާފައި ހުރި ނުވަތަ ގާނާފައި ހުރި ރީނދުލުގައި ތައްޔާރު ކުރާ ސައި ބުއިމުން ސިއްހަތަށް ވަރަށް ގިނަ ފައިދާތަކެއް ލިބޭ ކަމަށް ވެއެވެ.

ރީނދޫ ސައި ބުއިމުން ސިއްހަތަށް ލިބޭ އެއް ފައިދާ އަކީ ދިފާއީ ބާރު ވަރުގަދަ ވުމެވެ. އަރިދަފުސް ރޯގާ އާއި ކެއްސުމުން އަވަހަށް ސަލާމަތް ވާން ވެސް ރީނދޫ ސައި ވަރަށް ރަނގަޅު ވާނެ އެވެ. އަދި މިއީ ހަށިގަނޑަށް ވަންނަ އެކި ޖަރާސީމުތައް ނައްތާލަން ވެސް ރަނގަޅު އެއްޗެކެވެ.

ހަކުރު ބައްޔަށް ވެސް ރީނދޫ ސައި ރަނގަޅު ކަމަށް ވެއެވެ. ހަކުރު ގިނަ ވުމުން ދުރުހެލިކޮށްދޭ ބާވަތްތައް ރީނދުލުގައި ވެއެވެ. އަދި މިއީ ހިތުގެ ސިއްހަތަށް ވެސް ވަރަށް ފައިދާ ހުރި އެއްޗެކެވެ.

ރީނދޫ ސައި ތައްޔާރު ކުރާނެ ގޮތް

ފެން ޖޯޑެއް ރަނގަޅަށް ކައްކާށެވެ. ދެ އިނގިލި ކުރިން ނެގޭ ވަރުގެ މުގުރި ރީނދޫ ކޮޅެއް އެއަށް އަޅާށެވެ. މުގުރި ރީނދުލުގެ ބަދަލުގައި ގާނާފައި ހުންނަ ރީނދޫ ވެސް ބޭނުން ކުރެވިދާނެ އެވެ. ރަހަތައް ރަނގަޅަށް ނުކުންނަންދެން ކައްކާލާށެވެ. ސައި ފުރާނާލުމަށްފަހު މާމުޔާއި ލުނބޯހުތް އަޅައިގެން ސައި ތައްޔާރު ކުރާށެވެ