ހަބަރު

ސްކޫލެއްގެ ކްލާސްތަކަކަށް ކަޅު ތެޔޮ ޖެހި މައްސަލައެއް ބަލަނީ

ހދ. ނޮޅިވަރަމް ސްކޫލްގެ ތިން ކްލާސް ރޫމަކަށް ކަޅު ތެޔޮ ޖެހި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން މިއަދު ބުނި ގޮތުގައި ރޭ ދަންވަރު ނޮޅިވަރަމް ސްކޫލްގެ ތިން ކްލާސް ރޫމަކަށް ކަޅުތެޔޮ ޖެހި މައްސަލައެއް ފުލުހަށް ވަނީ ހުށަހަޅައިފަ އެވެ. އެ މައްސަލާގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

ފުލުހުން ދަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.