ހަބަރު

ހަވާ އެރުވުން ކެންސަލް

މިދިޔަ ހަފްތާ ހުކުރު ދުވަހު މާލޭގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެން ޓޫރިޒަމް ދުވަހުގެ މުނާސަބަތުގައި މިރޭ ހަވާ އެރުވުން ކެންސަލްކޮށްފި އެވެ.

ޓޫރިޒަމް ދުވަަސް ފާހަގަ ކުރުމުގެ ގޮތުން ނުވަ ދުވަހަށް ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން މިރޭ ރާވާފައި ވަނީ ޓޫރިޒަމް އިންޑަސްޓްރީ ޖޮބް ފެއާ އެވެ. އަދި އެ ފެއާގައި ޖުމްހޫރީ މަައިދާނު ކައިރިން ހަވާ އަރުވަން އޮތީ ނިންމައިފަ އެވެ.

އެހެން ނަމަވެސް އެ މިނިިސްޓްރީ އިން މިރޭ ކުރި ޓްވީޓެއްގައި ބުނީ މިރޭ ހަވާ އަރުވަން ކުރިން ރާވާފައިވީ ނަމަވެސް އަލިފާނުގެ ހާދިސާއާ ގުޅިގެން އެކަން ކެންސަލްކޮށްފައިވާ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ކުރި ޓްވީޓު

ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތައް ފަށާފައި ވަނީ ވ. އަތޮޅުގަ އެވެ. އެގޮތުން ރޭ 12 ޖެހި އިރު އެ އަތޮޅު ކެޔޮދޫގައި ހަވާ އެރުވި އެވެ.