ހަބަރު

ދިވެއްސެއްގެ ކުރެހުމެއް އާރަންކާޓާ އަމިއްލަ ކުރުމުން ހޫނުވެއްޖެ

ކުއްލިއަކަށް ސޯޝަލް މީޑިއާ ހޫނުވެއްޖެ އެވެ. މައްސަލަ ދިމާވީ ދިވެހި އާޓިސްޓެއް ކަމުގައިވާ ޝިމްހާގް ދިފާއުގައި އެންމެން ތެދުވާން ޖެހޭ ހިސާބަށް ކަމެއް ވަރަށް ގޯސްވެގެނެވެ.

ޝިމްހާ ކުރެހި ސިންގާއެއްގެ ޑިޖިޓަލް ކުރެހުމެއް މަޝްހޫރު ލަވަކިޔުންތެރިޔާ އާރަން ކާޓާ އަމިއްލަ އެއްޗެއް ގޮތުގައި ބޭނުންކޮށް އޭގެ ވިޔަފާރި ނަފާ ހޯދަން މަސައްކަތް ކުރަން އުޅޭ ކަމަށް ބުނެ ދިވެހިން ޓުވިޓާ ހޫނު ކޮށްލީ އެވެ.

ޝިމްހާގްގެ ޓުވީޓް

ޝިމްހާގް ދިފާއުގައި ނުކުތީ މުޅީން ދިވެހިންނެވެ. އޭނާ 2014 ގައި ކުރެހި "ކޮސްމިކް ލަޔަން" މި މަސައްކަތް އިންސްޓަގްރާމްގައި އާރަން ޝެއާ ކޮށްފައިވާކަން ފަޅާއަރާ ޓުވިޓާގައި ދިވެހިން އެއްގަލަކަށް އެރީއެވެ. އަދި މިއީ ޝިމްހާގް ގެ މަސައްކަތެއް ކަމަށް ބުނެ އާރަންއަށް ރައްދު ދީފައި ވެއެވެ. އަދި "#އާރަންކާޓަރއާޓްތީފް" ހޭޝްޓެގް އުފެދި ސޯޝަލްމީޑީއާގައި ވަނީ އުތުރި އަރައިގެންފަ އެވެ.

އާރަން ބުނެފައިވަނީ އޭނާ އެ ފޮޓޯ ގަނެ އަދި އެ ބަދަލުކޮށް އިތުރު ކުލަތަކެއް ލައިގެން ފުރިހަމަ ކޮށްފައިވާ ކަމަށެެވެ. އެހެން ނަމަވެސް ޝިމްހާގް އެ ކުރެހުން އެއްވެސް މީހަކަށް ނުވިއްކާ ކަމަށް ބުނުމުން ފަހުން އާރަން ވަނީ އެ ފޯޓޯ އޭނާގެ އިންސްޓަގްރާމް އިން ޑިލީޓް ކޮށްލާފަ އެވެ.