އިންޑިއާގެ ޗީފް އޮފް އާމީ ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެންއެމްޑީއެފްގެ އިސް ތަރުޖަމާން ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ އިންޑިއާގެ ޗީފް އޮފް އާމީ ބަޕިން ރަވަޓް، ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
އިންޑިއާގެ ޗީފް އޮފް އާމީ ރާއްޖެ ވަޑައިގަންނަވާނީ މާދަމާ އެވެ. ހަ ދުވަހުގެ މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ބަޕިން ރާއްޖެއިން ފުރާ ވަޑަައިގަންނަވާނީ އޮކްޓޫބަރު މަހުގެ ހަވަނަ ދުވަހުއެވެ.
މި ދަތުރުފުޅާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް އެެމްއެންޑީއެފުން އަދި ހާމަކޮށްފައެއް ނުވެއެވެ.