މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

އޯ ލެވެލްގައި 21 ގައިދީއަކު ބައިވެރިވެއްޖެ

މިއަދު ފެށި އެސްއެސްސީ އަދި އައިޖީސީއެސްސީ އޯ ލެވެލް އިމްތިހާނުގައި 21 ގައިދީއަކު ބައިވެރިވެއްޖެ އެވެ.

ކަރެކްޝަނުން ބުނީ ގައިދީންނަށް ކިޔަވައިދީ އެމީހުންނަކީ މުޖުތަމައު ބަލައިގަންނަ ބަޔަކަށް ހަދަން ކުރާ މަސައްކަތް ތަކުގެ ތެރެއިން 21 ގައިދީއަކު އޯ ލެވެލް އިމްތިހާނުގައި ބައިވެރި ކުރުވާފައިވާނެ ކަމަށެވެ.

އެސްއެސްސީ އިމްތިހާންގައި މިދިޔަ އަހަރުވެސް 14 ގައިދީއަކު ވަނީ ބައިވެރިވި އެވެ.

މާފުށި ޖަލާއި އިންސްޓިޓިއުޓް ފޯ ގުރުއާން އެންޑް ސުންނަތް ގުޅިގެން މިހާރުވެސް އެކިކަހަލަ ކޯސްތައް ގައިދީންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދެއެވެ.