ކުޅިވަރު

ބޫޓާން ބަލިކޮށް ޒުވާން ޓީމުން ތިން ވަނަ ހޯދައިފި

ސެމީ ފައިނަލުން ބަލިވި ބޫޓާން އާއި ރާއްޖެ ކުޅުނު ތިން ވަނަ ހޮވާ މެޗުގައި ބޫޓާންގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި ރާއްޖެއިން މުބާރާތުގެ ތިން ވަނަ ނުވަތަ ސެކެންޑް ރަނަރަފް މަގާމު ހޯދައިފި އެވެ.

މިއީ، އުމުރުފުރާގެ ސާފް ޗެމްޕިއަންޝިޕް މުބާރާތެއްގައި ރާއްޖެއިން މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބެވެ. ރާއްޖެ އާއި ބޫޓާން ވަނީ ގުރޫޕް ސްޓޭޖުގައި ވާދަ ކޮށްފަ އެވެ. އެ މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ބޫޓާން ވަނީ ގުރޫޕް ސުޓޭޖުގައި މުބާރާތުގެ މިދިޔަ ދެ އަހަރުގެ ޗެމްޕިއަން ނޭޕާލް ބަލިކޮށްފަ އެވެ.

ނޭޕާލްގައި ކުރިއަށްދާ މުބާރާތުގައި މިއަދު ކުޅުނު މެޗުގައި ރާއްޖޭގެ ޓީމުގެ ލަނޑު ކާމިޔާބު ކުރީ އިބްރާހިމް އިމްރާން އެވެ.

މިއަދު ކުޅޭ ފައިނަލު މެޗުގައި ވާދަ ކުރާނީ ރާއްޖެ ބަލިކޮށް ދިޔަ އިންޑިއާ އާއި ބޫޓާންގެ އަތުން މޮޅުވި ބަންގުލަދޭޝް އެވެ.