އެމްއެންޑީއެފް

އިންޑިއާގެ ޗީފް އޮފް އާމީ ރާއްޖެ ވަޑައިގެންފި

އިންޑިއާގެ ޗީފް އޮފް އާމީ ބިޕިން ރާވަތު، ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި އެވެ.

ބިޕިން ރާވަތުގެ މި ދަތުރުފުޅަކީ މިއަދުން ފެށިގެން އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ ކުރައްވާ ދަތުރުފުޅެކެވެ.

އެއާޕޯޓުން އިންޑިއާގެ ޗީފް އޮފް އާމީއަށް މަރުހަބާ ދެންނެވީ، ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލާ، ވައިސް ޗީފް އޮފް ޑިފެންސް ބްރިގޭޑިއާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފާ، ސިފައިންގެ އިސްވެރިންނެވެ.

އެމްއެންޑީއެފުން ބުނީ ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް ބިޕިން ރާވަތު ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ އިބްރާހީމް މުހައްމަދު ސާލިހާއި، މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލްއާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ދައުލަތުގެ ބައެއް ވަޒީރުންނާ ވެސް ބައްދަލުކުރައްވާގޮތަށް ހަމަޖެހިފައިވާކަމަށެވެ.

އަދި އެމްއެންޑީއެފް ނޮދަން އޭރިއާ ހެޑްކުއޯޓާޒް ޅ.މާފިލާފުށީ، ކޮމްޕޮސިޓް ޓްރޭނިން ސެންޓަރަށް ޒިޔާރަތް ކުރެއްވުމަށްވެސް ހަމަޖެހިފައިވާކަމަށެވެ.