ހަބަރު

ދުނިޔޭގެ ހިތުގެ ދުވަހު ސްޓެލްކޯ ކަސްޓަމަރުންނަށް މޭވާ

Sep 29, 2019

ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ސްޓެލްކޯގެ ކަސްޓަމަރުންނަށް މޭވާ ބަހައިފި އެވެ.

ދުނިޔޭގެ ހިތުގެ ދުވަހަކީ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު އެވެ.

ހިތުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން، އެ ކުންފުނިން ދަނީ ތަފާތު ހަރަކާތްތަކެއް ހިންގަމުންނެވެ. މީގެތެރޭގައި މޭވާ ބެހުން ވެސް ހިމެނެ އެވެ.

ސްޓެލްކޯ އަށް މިއަދު ހިދުމަތް ހޯދަން ދިޔަ ކޮންމެ ކަސްޓަމަރަކަށް އޮރެންޖާއި އާފަލު ދީފައިވެ އެވެ.

ހިތުގެ ދުވަސް ފާހަގަ ކުރަނީ ސިއްހަތަށް ރަނގަޅު އާދަކާދަ ޕްރޮމޯޓް ކުރުމަށެވެ.