ހަބަރު

ސިޓީ ކައުންސިލްގެ ވިލިމާލޭ ތިޖޫރީ ފަޅާލަން އުޅެފި

މާލެ ސިޓީ ކައުންސިލްގެ ވިލިމާލޭ ސެކްޝަންގެ އޮފީހުގެ ކުޑަ ދޮރު ހަލާކު ކޮށްލައިގެން ވަދެ އެ އޮފީހުގެ ތިޖޫރީން ފަޅާލައިގެން ވައްކަން ކުރަން އުޅެފި އެވެ.

ފުލުހުން މިއަދު ބުނީ ރޭ ފަތިހު 5:20 އެހާކަންހާއިރު ވިލިމާލޭގައި ހުންނަ އެ އޮފީހުގެ ކުޑަ ދޮރެއް ހަލާކު ކޮށްލައިގެން ވަދެ ތިޖޫރީ ފަޅާލާފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. އަދި ބުނީ އެ މައްސަލަ ބެލި އިރު ތިޖޫރީ ހަލާކު ކޮށްލަން އުޅެފައިވާ ކަމަށެވެ. ނަމަވެސް އެ ތިޖޫރީ ހުޅުވިފައި ނުވާތީ އެއިން އެއްވެސް ފައިސާއެއް ވަގަށް ގެންދެވިފަ އެއް ނުވެއެވެ.

މި މައްސަލަ ތަހުގީގު ކުރާއިރު އެއްވެސް މީހަކު އަދި ހައްޔަރު ކޮށްފައެއް ނުވެ އެވެ.