ހަބަރު

އައިޖީއެމްއެޗް ކެންޓީނުގައި މެހި ގިނަވެގެން މައާފަށް އެދިއްޖެ

Oct 2, 2019
1

އައިޖީއެމްއެޗްގެ ކެންޓީނަކީ ވަރަށް ގިނަ ބަޔަކު ބޭނުން ކުރާ ކެންޓީނެކެވެ. އަދި ހޮސްޕިޓަލުގައި ތިބޭ ބަލިމީހުންނަށް ކާއެއްޗެހި ފޯރުކޮށް ދެނީ ވެސް އެ ކެންޓީނުންނެވެ. ހޮސްޕިޓަލަށްދާ މީހުން ކޮފީއެއް ބޯލަންވިޔަސް އެންމެ ފަސޭހައިން ވަދެވެން އޮންނަ ތަނަކީ ކެންޓީނަށެވެ.

ކެންޓީނުގެ އެތެރެ އާއި ހާމަ ސަރަހައްދު އޮންނަ އިރު މީގެ ކުރިންވެސް ހާމައަށް އޮންނަ ސަރަހައްދުގައި މެހީގެ އުނދަގުލާ ކުރިމަތިވެ އެވެ. ބައެއް ފަހަރު މެހީގެ އުނދަގޫ އެތެރޭގެ ފިނިކުރި ބަޔަށް ވެސް ލައިގަނެ އެވެ. ނަމަވެސް މިފަހަރު މެހީގެ އުނދަގޫ ކެންޓީނަށް މިވަނީ އިންތިހާއަށް ބޮޑުވެފަ އެވެ.

އައިޖީއެމްއެޗް ކެންޓީނުގައި ކަސްޓަމަރުން ތިބޭ މޭޒުތަކުގައި މެހި ގިނަވެ މެހީގެ އުނދަގޫ ބޮޑުވުމުން އެންމެފަހުން ކަސްޓަމަރުންގެ ކިބައިން މައާފަށްއެދި ނޯޓިސްއެއް ވަނީ ބަހައްޓާފަ އެވެ. މިއީ އާންމުކޮށް ވަރަށް ނުފެންނަ މަންޒަރެކެވެ.

ކަސްޓަމަރުންގެ ސަމާލުކަމަށްއެދި އެ ނޯޓިސްގައި ލިޔެފައިވަނީ "މި މޫސުމުގެ ގޮތުން އައިޖީއެމްއެޗް ކެންޓީނު ތެރޭގައި މެހި ގިނަވަމުންދާތީ، އެކަމުގެ ސަބަބުން ދިމާވެދާނެ އެންމެހާ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން ނިހާޔަތަށް މައާފަށް އެދޭ" ކަމަށެވެ.