ރައީސް މުހައްމަދު ނަޝީދު

ދަތުރުތައް ކުރަނީ މަޖިލީހުގެ ހަރަދުގައެއް ނޫން: ނަޝީދު

ގައުމުން ބޭރަށް ކުރައްވާ ދަތުރުފުޅުތައް ކުރައްވަމުން ގެންދަވަނީ މަޖިލީހުގެ ހަރަދުގައި ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވައިގެން ދެއްކެވި ވާހަކަފުޅެއްގަ އެވެ. ރައީސް ނަޝީދު ވިދާޅުވީ މިއަދުގެ ވަގުތެއްގައި އެ މަނިކުފާނު އިންޑިއާގެ ނިއުދިއްލީ އާއި ބޮންބޭއަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާ ކަމަށެވެ.

އެމަނިކުފާނު ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކާއި ގުޅޭގޮތުން ވިދާޅުވީ މަޖިލީހުގެ ބަޖެޓުގައި ދަތުރުތަކަށް ކަނޑައަޅާފައިވަ ނީ ވަރަށް ކުޑަކުޑަ މިންވަރެއް ކަމަށެވެ. އެހެންކަމުން އެމަނިކުފާނު އެއްވެސް ގައުމަށް ވަޑައިގަންނަވާނަމަ ވަޑައިގަންނަވަނީ ދެކޮޅު ޓިކެޓާ ހުރުމުގެ ޚަރަދު ބައްދަލުވުން ބާއްވާ ފަރާތުން ދެއްވުމުން ކަމަށެވެ.

"އަޅުގަނޑުގެ ހުރިހާ ދަތުރަކީ ވެސް، އަޅުގަނޑު މި ކުރަނީ އެ ދަތުރެއް ކުރުމަށް އެދޭ ފަރާތަކުގައި އަޅުގަނޑު ދަންނަވަން، އަޅުގަނޑަށް ދެވޭނީ ދެކޮޅު ޓިިކެޓާ ހުރުމާ ދިނީމައޭ. މިތަނުގެ ބަޖެޓް، ދަތުުރުގެ ބަޖެޓް ވަރަށް ކުޑަކޮނޭ އޮންނަނީ.. އެހެންވީމަ މި މައުލޫމާތު އެހެން ހުރިހާ ބޭފުޅުންނަށް ވެސް އެނގިވަޑައިގެންފަ އޮތުން އެއީ ވަރަށް ބޭނުންތެރި ކަމެއް... މަޖިލީސް ރައީސް ތަނަކަށް ގެންދަވަން ބޭނުންވެވަޑައިގަންނަވަންޏާ ދެކޮޅު ޓިކެޓާ، ހުރުމުގެ ޚަރަދު ހަމަޖެހުނީމާ އަޅުގަނޑަށް ތަަނަކަށް ދެވޭނީ." ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިއަދު ވަޑައިގަންނަވަނީ އިންޑިއާގެ ނިއުދިއްލީ އާއި ބޮންބޭ އަށެވެ. ނިއުދިއްލީއަށް ވަޑައިގަންނަވަނީ ވޯލްޑް އިކޮނޮމިކް ފޯރަމްގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. ބޮންބޭއަށް ވަޑައިގަންނަވަނީ އެޑެކްސް ޑައިވް ފެއާގައި ބައިވެރިވެވަޑައިގަންނަވާށެވެ.

އަޅުގަނޑުގެ ހުރިހާ ދަތުރެއް މި ކުރަނީ، އެ ދަތުރެއް ކުރުމަށް އެ ދޭ ފަރާތަކުގައި އަޅުގަނޑު ދަންނަވަން، އަޅުގަނޑަށް ދެވެނީ ދެކޮޅު ޓިިކެޓާ ހުރުމާ ދިނީމައޭ. މިތަނުގެ ބަޖެޓް، ދަތުުރުގެ ބަޖެޓް ވަރަށް ކުޑަކޮނޭ މަޖިލީހުގައި އޮންނަނީ.. އެހެންވީމަ މި މައުލޫމާތު އެހެން ހުރިހާ ބޭފުޅުންނަށް ވެސް އެނގިވަޑައިގެންފަ އޮތުން އެއީ ވަރަށް ބޭނުންތެރިކަމެއް. މަޖިލީސް ރައީސް ތަނަކަށް ގެންދަވަން ބޭނުންވެވަޑައިގަންނަވަންޏާ ދެކޮޅު ޓިކެޓާ، ހުރުމުގެ ޚަރަދު ހަމަޖެހުނީމާ އަޅުގަނޑަށް ތަަނަކަށް ދެވޭނީ
މުހައްމަދު ނަޝީދު \ ރައްޔިތުންގެ މަޖިލީހުގެ ރައީސް

"އަޅުގަނޑު އެބައޮތް މިއަދު ދިއްލީއަށާ ބޮންބޭއަށް ދާން. އަޅުގަނޑު މިދަނީ ވާޑް އެކޮނޮމިކް ފޯރަމަށް، އެ ބޭފުޅުން އެދެނީ އެތަނުގައި އަޅުގަނޑު ވާހައެއް ބުނުމަށް. އަދި ބޮންބޭއަށް ދަނީ އެޑެކްސް ޑައިވް ފެއާއަކަށް. އެއީ އޭޝިޔާގައި ބާއްވާ އެންމެ ބޮޑު ޑައިވިން ފެއާ." ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެ ދަތުރުފުޅަށް ފަހު ދެން އޮންނަ މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށެވެ.