ކެޓްރީނާ ކައިފް

ކެޓުރީނާ - ވިކީ ކޯޝަލް: ބޮލީވުޑްގެ އާ ޖޯޑުތަ؟

ކެޓުރީނާ ކައިފަކީ ގިނަ ބައެއްގެ ހިތްތަކުގައި ރަނިކަން ކުރާ ބަތަލާ އެކެވެ. ވިކީ ކޯޝަލް އަކީ މިހާރު ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ އެކްޓަރުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ހިތްކިޔާ ބަތަލެވެ. ދެ އެކްޓަރުންނަކީ ވެސް ދިގު އިސްކޮޅަކާއި ރީތި ސިފަތައް އަދި ހުނަރުން ފުރިފައިވާ ދެ ޒުވާނުންނެވެ.

ލޯބީގެ ހަޔާތަށް ބަލާއިރު ދެ މީހުން ވެސް މި ވަގުތު ތިބީ ހުހަށެވެ. ރަންބީރު ކަޕޫރާ ރުޅިވި ފަހުން ކެޓުރީނާ އެހެން މީހަކާ އަދި ރައްޓެއްސެއް ނުވެ އެވެ. ވިކީ ވެސް ވަރަށް ފަހުން ވަނީ ލޯބިވެރިޔާ ދޫކޮށްލާފަ އެވެ.

ބޮލީވުޑަކީ ވަރަށް ނުގުޅޭނެހެން ހީވާ ޖޯޑުތައް ވެސް ގުޅޭތަން ފެންނަ އިންޑަސްޓްރީއެކެވެ. ރަންބީރު ކަޕޫރާއި އާލިއާ ބަޓް ރައްޓެހި ވެދާނެ ކަމަށް މީގެ ފަސް ވަރަކަށް އަހަރު ކުރިން މީހަކު ހީކުރާނެ ހެއްޔެވެ؟ ދީޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް ކައިވެނި ކޮށްފާނެކަމަށް ހީކުރިން ހެއްޔެވެ؟ އަދި ސުޝާންތު ސިންގް ރާޖްޕޫތާއި ރިއާ ޗަކްރަބަތީ ރައްޓެހިވެދާނެ ކަމަށް ގަބޫލު ކުރެވުނު ހެއްޔެވެ؟ އެހެންވީމާ ކެޓުރީނާ އާއި ވިކީގެ މެދުގައި ވެސް ލޯބީގެ މާތަކެއް ފޮޅެން ފަށައިފި ކަމަށް ދެކެވޭ ވާހަކަތަކަކީ ވެސް ހަމަ ހަގީގަތަކަށް ވެދާނެކަމަށް ގިނަ ބަޔަކު ހީކުރެ އެވެ.

ބޮލީވުޑްގެ އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ވިކީ އާއި ކެޓުރީނާ އަކީ މިހާރު ހަގީގަތުގައި ލޯބީގެ ޖޯޑެކެވެ. މި މީހުންގެ ލޯބީގެ ވާހަކަތައް މިހާރަކަށް އައިސް މާ ގަދަޔަށް ދެކެވެނީ އެކުގައި އެކި ހަފުލާތަކާއި އިވެންޓްތަކުން ފެންނާތީ އެވެ. ނަމަވެސް މި ދެ އެކްޓަރުންގެ ގާތް އެކުވެރިން ބުނަނީ މި ދެ ތަރިންގެ މެދުގައި އަދި އޮތީ ވަރަށް ގާތް ރަހްމަތްތެރި ކަމެއް ކަމަށެވެ.

ވިކީ އާއި ކެޓުރީނާ އަކީ ވަރަށް ބިޒީ ދެ އެކްޓަރުންނެވެ. ވިކީ މިހާރު މަސައްކަތްކުރަނީ "ސަރްދާމް އުއްދަމް ސިންގް" ކިޔާ ފިލްމެއްގަ އެވެ. މި ނޫނަސް އިތުރު ތިން ފިލްމެއް އޭނާ ކުޅެން ހަމަޖެހިފައި ވެއެވެ. "ތަޚްތު"، "ބޫތު ޕާޓް ވަން: ދަ ހޯންޓަޑް ޝިޕް" އަދި ފީލްޑް މާޝަލް ސޭމް މަނީކްޝޯގެ ހަޔާތާ ބެހޭ ގޮތުން މެގްނާ ގުލްޒާރު އުފައްދާ ފިލްމެވެ.

ކެޓުރީނާ އުޅެނީ ރޯހިތު ޝެޓީ ޑައިރެކްޓްކޮށް އެކްޝޭ ކުމާރު ބަތަލުގެ ބައިކުޅާ "ސޫރިޔަވަންޝީ"ގެ ޝޫޓިންގަ އެވެ.