ވިޔަފާރި

ކޮކޫން، ޔޫ އެންޑް މީގެ ޖެނެރަލް މެނޭޖަރަކަށް ޖިހާދު

Oct 6, 2019
2

އަލަށް ހުޅުވި، "ޔޫ އެންޑް މީ ބައި ކޮކޫން މޯލްޑިވްސް" ގެ ޖެނެރަލް މެނޭޖަރަކަށް، އަހުމަދު ޖިހާދު ހަމަޖައްސައފި އެވެ.

ކޮކޫން އިން އަލަށް ހުޅުވި ރިސޯޓުގެ އާ ޖީއެމްގެ މަގާމަށް ހަމަޖެއްސި ޖިހާދު ކުރިން ހުންނެވީ، ރާއްޖޭގެ އެންމެ ދުވަސްވީ އެއް ރިސޯޓު ކަމަށްވާ ބަރޮސް މޯލްޑިވްސްގެ ޖީއެމްގެ މަގާމުގަ އެވެ.

ޓޫރިޒަމް މެނޭޖުމަންޓުގެ ދާއިރާ އިން ޑިގްރީއެއް ހެއްދެވުމުގެ އިތުރުން، ޓޫރިޒަމްގެ ގިނަ ތަމްރީންތަކެއް ފުރިހަމަ ކުރައްވާފައިވާ ޖިހާދަކީ ރާއްޖޭގައި ތިއްބެވި ރިސޯޓު ޖީއެމް އިންގެ ތެރެއިން، ތަޖުރިބާކާރު ބޭފުޅެކެވެ.

ރ. އުތުރުމާފަރުގައި ތަރައްގީ ކުރި "ޔޫ އެންޑް މީ ބައި ކޮކޫން" ރިސޯޓުގައި 111 ވިލާ ހުރެ އެވެ. މީގެތެރެއިން 97 ވިލާއަކީ މޫދުވިލާ އެވެ. މި ރިސޯޓުގައި މަންތާ ވިލާ އާއި ޑޮލްފިން ވިލާ ޑޮލްފިން ވިލާ ވިތު ޕޫލްގެ އިތުރުން އަކްއާ ވިލާ އަދި ބީޗް ސުއިޓް ވިތް ޕޫލް އަދި އަކުއާ ޕޫލް ވިލާ އާއި ރިސޯޓްގެ ނަމުން ނަން ދީފައިވަނީ "ޔޫ އެންޑް މީ" ގެ ނަމުގައި ވެސް ހާއްސަ ބޮޑު ވިލާއެއް ހުރެ އެވެ.