ޔޫ އެންޑް މީ ރިސޯޓް

ޔޫ އެންޑް މީގެ ރެސްޓޯރެންޓް ރީބްރޭންޑްކޮށްފި

Apr 3, 2021

ޔޫ އެންޑް މީގެ ރިސޯޓުގެ މޫދު އަޑީގެ ރެސްޓޯރެންޓް ދުނިޔޭގެ މަޝްހޫރު ޝެފެއްގެ ނަން ހިމަނައިގެން ރީބްރޭންޑްކޮށް، އަލުން ހުޅުވައިފި އެވެ.

"އެޗްއޯޓޫ" ގެ ނަމުގައި ޔޫ އެންޑް މީގައި ހިންގަމުން ގެންދާ ރެސްޓޯރެންޓް ރީބްރޭންޑް ކުރުމާއެކު މިހާރު ކިޔަނީ "އެޗްއޯޓޫ ބައި އަންދްރޭ ބްރެޓަން" އެވެ. މި ރެސްޓޯރެންޓް ރީބްރޭންޑްކޮށް ހުޅުވި ޝެފަކީ މަޝްހޫރު މިޝެލިން ސްޓާ ޝެފެކެވެ. މިއީ ދުނިޔޭގައި މަޝްހޫރު ޝެފެކެވެ.

ދެ އަހަރު ކުރިން ރ. އުތުރުމާފަރުގައި ހުޅުވި ޔޫ އެންޑް މީގައި ހުޅުވާފައިވާ އެޗްއޯޓޫ ރެސްޓޯރެންޓަކީ އެތަނުގައި ތިބޭއިރު މޫދު އަޑީގެ ވަށައިގެންވާ ހިތްގައިމު މަންޒަރުތައް 360 ޑިގްރީ އަށް ފެންނަ ރެސްޓޯރެންޓެކެވެ.

ޔޫ އެންޑް މީ ރިސޯޓުގައި 111 ވިލާ ހުރެ އެވެ. މީގެތެރެއިން 97 ވިލާ ހުންނަނީ މޫދުގަ އެވެ. މި ރިސޯޓުގައި މަންތާ ވިލާ އާއި ޑޮލްފިން ވިލާ ޑޮލްފިން ވިލާ ވިޕް ޕޫލްގެ އިތުރުން އަކްއާ ވިލާ އަދި ބީޗް ސުއިޓް ވިތް ޕޫލް އަދި އަކުއާ ޕޫލް ވިލާ އާއި ރިސޯޓްގެ ނަން ދީފައިވާ ހާއްސަ ބޮޑު ވިލާއެއް ވެސް ހުރެ އެވެ.