ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ޔޫ އެންޑް މީ ޖުލައި 15، މަނަފަރު އޮކްޓޫބަރުގައި

Jun 25, 2020

ކޮވިޑް-19 އާއެކު ބަންދު ކޮށްފައި ބޭއްވުމަށް ފަހު، ކޮކޫން ޔޫއެންޑްމީ ޖުލައި 15 ގައި، އަދި އޭޖޭ މަނަފަރު އޮކްޓޫބަރު މަހު ހުޅުވަން ތައްޔާރު ވެއްޖެ އެވެ.

ހއ. އަތޮޅުގައި ހިންގާ އޭޖޭ މަނަފަރު ރިސޯޓުން ބުނެފައިވާ ގޮތުގައި އެ ރިސޯޓު އޮކްޓޫބަރު މަހު އަލުން ހުޅުވާލާނެ އެވެ.

ޔޫއެންޑްމީ ރިސޯޓުން ބުނެފައިވާ ގޮތުގައި ރައްކާތެރިކަމުގެ ހާއްސަ ފިޔަވަޅުތަކާއެކު، އެ ރިސޯޓު ޖުލައި 15 ގައި އަލުން ހުޅުވާލާނެ އެވެ. އެ ރިސޯޓު ހުޅުވާއިރު ގަވައިދުން ޓެމްޕަރޭޗާ ބެލުމާއި ސޯޝަލް ޑިސްޓެންސިންގައި ހިދުމަތް ދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ވެސް ބުންޏެވެ.

ސަރުކާރުން ވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހު ޓޫރިޒަމް ޓޫރިޒަމް އަލުން ހުޅުވާލަން ނިންމާފަ އެވެ. އެކަމަށްޓަކައި އަމަލު ކުރާނެ ގައިޑްލައިން ވެސް މިހާރު ވަނީ އެކުލަވާލާފަ އެވެ.

އެންއީއޯސީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ބޯޑަރު ހުޅުވާނެ ތާރީހު އިއުލާނު ކުރުމުގެ ކުރިން ވެސް 41 ރިސޯޓެއް ޖުލައި މަހުގެ ފަހުކޮޅު ހުޅުވާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ. އަދި ބޯޑަރު ހުޅުވާނެ ތާރީހު އިއުލާނު ކުރުމާއެކު އިތުރު 30 ރިސޯޓެއް އޮޕަރޭޝަނަށް ގެންނާނެ ކަމަށް ވެސް ބުނެފައިވާ ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ ރާއްޖޭގެ ބޯޑަރު ހުޅުވާލާއިރު ރާއްޖޭގައި ހިންގަމުންދާ 147 ރިސޯޓްގެ ތެރެއިން ދެބައިކުޅަ އެއްބައި ރިސޯޓްތައް ހުޅުވާނެ ކަމަށެވެ.

"ރާއްޖޭގައި 150 ވުރެ ގިނަ ރިސޯޓް އޮޕަރޭޓް ކުރަމުން މި ދިޔައީ. އޭގެ ދެބައިކުޅަ އެއްބައި ރިސޯޓް އޮޕަރޭޝަނަށް ގެންނަން މިދަނީ މަސައްކަތް ކުރަމުން. އަދި ދެން ހުރި ރިސޯޓްތައް އޯގަސްޓްގައި އަންނާނެ. މަދުން ނަމަވެސް ސެޕްޓެމްބަރު އަދި އޮކްޓޫބަރާ ހަމައަށް ވެސް. ނަމަވެސް ޑޭޓް ލިބުމާއެކު ލަހުން ހުޅުވަން ހުރި ރިސޯޓްތައް ވެސް ހުޅުވުން އަވަސް ކުރުމަކީ ވެދާނެ ކަމެއް،" އަލި ވިދާޅުވި އެވެ.